ކޮވިޑަށް އެންޓިބޮޑީ ބޭހެއް ބޭނުން ކުރުމަށް އެމެރިކާގައި، އިމަޖެންސީ ހުއްދައެއްދީފިއެވެ.

އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން އިން ހުއްދަ ދީފައިވަނީ ފާމަސޫޓިކަލް ކުންފުނި އެލި ލިލީސްގެ ބަމްލަނިވިމަބް ނަމަކަށްކިޔާ އެންޓިބޮޑީ ބޭހަކަށެވެ.

އެފްޑީއޭ އިން އިމަޖެންސީ ހުއްދައެއް ދީފައިވަނީ ހޮސްޕިޓަލުގައި ފަރުވާ ހޯދަން ނުޖެހޭ ބަލިމީހުންގެ ތެރެއިން ބަލީގެ އަލާމާތްތައް ބޮޑަށް ހުރި މީހުންނާއި މެދުމިނެއްގައި ހުރި މީހުންނަށް ބޭސް ބޭނުންކުރުމަށެވެ.

އެފްޑީއޭ އިން ބުނެފައިވާ ގޮތުގައި، ހަދާފައިވާ ޓެސްޓުތަކުން އެނގޭ ގޮތުގައި އެ ބޭސް ބޭނުންކުރި ކުރުމުން ބަލިމީހާއަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ނުޖެހި ބަލީގެ ހާލަތު އިތުރަށް ގޯސް ނުވެ ހިފަހައްޓައިލާކަމަށް ދައްކައެވެ.

އެމެރިކާއިން އިމަޖެންސީ ހުއްދަ ދީފައިވާ ބޭސް ބޭނުންކުރެވޭނީ އުމުރުން 12 އަހަރުން މަތީގެ މީހުނަށެވެ. މީގެ އިތުރުން 65 އަހަރުން މަތީގެ މީހުންނާއި ދިގުމުއްދަތަކަށް ފަރުވާ ހޯދަމުން އަންނަ ބަލި މީހުންނަށް ވެސް މިބޭސް ބޭނުން ކުރުމަށް ހުއްދަ ދޭނެއެވެ.