ބާސެލޯނާ އާއި ކެޕްޓަން ލިއޮނަލް މެސީއާ ދެމެދު މައްސަލަތަކެއް ހުރި ނަމަވެސް، މެސީ އަދިވެސް ސާބިިތުކޮށްދެނީ އޭނާއަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ކޯޗު ރޮނާލްޑޯ ކޯމަން ބުނެފިއެވެ.
މިދިޔަ ސީޒަނަށްފަހު މެސީއާ އި ބާސާގެ ބޯޑާ ވަނީ މައްސަލަތަކެއް ޖެހިފައެވެ. މައްސަލަތަކުގައި މެސީ ބާސާ ދޫކޮށްލުމަށް އެދުނު ނަމަވެސް، އޭރު ރައީސް ކަމުގައި ހުރި ޖޯސެފް ބާޓޮމިއޫ ވަނީ އެކަމަށް ދެކޮޅު ހަދައި، މެސީ ކްލަބުގައި މަޑު ކުރުވައިފައެވެ. މެސީއާ ދެމެދު ޖެހުނު މައްސަލަތަކުގައި ޕްރެޝަރު ބޮޑުވެ މީގެ މަހެއްހާ ދުވަސް ކުރިން މިހާރު ބާސާގެ ބޯޑު އެއްކޮށް ވަނީ އިސްތިއުފާ ދީފައެވެ.
މައްސަލަތަކުގެ ތެރެއިން މެސީ ސީޒަން ފެށީވެސް ދަށްކޮށެވެ. އާންމުކޮށް މެސީގެ ފަރާތުން ފެންނަ ކުޅުމަށް ވުރެ ދަށް ކުޅުމެއް ފުރަތަމަ ދެތިން މެޗެއްގައި ފެނުމާއެކު މެސީއަށް ފާޑުކިޔުންތައް ވެސް އަމާޒުވިއެވެ. އެހެންނަމަވެސް ކޯޗު ކޯމަން ވަނީ އެ ފާޑު ކިޔުންތަކަށް ރައްދު ދީފައެވެ.
"މެސީ ދައްކަމުންދަނީ ކްލަބާ ދޭތެރޭ ނުތަނަވަސްކަމެއް ހުރި ނަމަވެސް އޭނާއަކީ މިހާރުވެސް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާކަން. ބާސާއަށް އަބަދުވެސް ފައިދާ ވާން އޮންނާނީ އެ ޓީމުގައި މެސީ ހުރެގެން. މެސީގެ ހިތްހަމަނުޖެހުމުގެ ވާހަކަ ބާސާ ގެ ބޯޑުން އަހަންނާ ހަމައަށް ރަސްމީކޮށް ވެސް ގެނައި. އަހަރެން އެ މައްސަލަތަކާ ގުޅިގެން ވާހަކަ ދައްކައި ތެދުވެރިކަން އިސްކުރިން. އަހަރެން ބުނިން ދަނޑުމަތީގައި ކުޅުމުން 100 ޕަސެންޓް ފެންނަން ޖެހޭނެ ކަމަށް. އެކަން މެސީ ދެއްކި. ފުރަތަމަ ދުވަހުން ފެށިގެންވެސް މެސީ ފެންނަނީ 100 ޕަސެންޓްގައި،" ކޯމަން ބުނެފައި ވެއެވެ.
ކޯމަން ބުނެފައި ވަނީ މެސީއަށް ބައެއް މެޗުތައް ބަދު ނަސީބު ކޮށް ދިޔަ ނަމަވެސް، މެސީއަށް ކިޔާ ފާޑު ކިޔުންތަކަކީ ހަގީގަތެއް ނެތް ފާޑު ކިޔުންތަކެއް ކަމަށެވެ. އެފަދަ ފާޑު ކިޔުންތަކާއެކު ކުޅުންތެރިންނަށް ޕްރެޝަރު ކުރުމަކީ ބައެއް މީޑިއާތަކުން ގަސްދުގައި ކުރާ ކަމެއް ކަމަށްވެސް ކޯމަން ފާހަގަކުރިއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު