ޗައިނާގެ ސައިނޯވެކް ވެކްސިންގެ ޓެސްޓުތައް ބްރެޒިލުން ހުއްޓުވައިފިއެވެ.
ޗައިނާގެ ސައިނޯވެކް ބަޔޯޓެކް އިން އުފައްދަމުން މަސައްކަތްކުރަމުން އަންނަ ކޮވިޑް ވެކްސިން، ސައިނޯވެކް އިން ބްރެޒިލްގައި ކުރިޔަށް ގެންދާ ވެކްސިން ޓެސްޓުތައް ހުއްޓުވާފައިވަނީ ބްރެޒިލްގެ ސިއްހީ ވުޒާރާއިންނެވެ.
ބްރެޒިލް އިން ވެކްސިންގެ ޓެސްޓުތައް ހުއްޓުވާފައިވަނީ ޓެސްޓުގެ ބައިވެރިޔަކު އާދަޔާ ހިލާފަށް ބަލިވެގެން ކަމަށް އޮފިޝަލަކު ބުނެފައި ވެއެވެ.
ބްރެޒިލްގައި ކުރިޔަށް ގެންދާ ސައިނޯވެކްގެ ޓެސްޓުތައް ކުރަމުންގެންދަނީ ބްރެޒިލްގެ ބުޓާންޓަން އިންސްޓިއުޓް އާ ގުޅިގެންނެވެ. ވެކްސިން ހުއްޓުވާފައިވާއިރު ކުރިޔަށްދިޔައީ ވެކްސިންގެ ތިން ވަނަ މަރުހަލާގެ ޓެސްޓުތަކެވެ.
ބްރެޒިލްގެ އޮފިޝަލުން ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ދިމާވި މައްސަލައެއްގައި ވެކްސިންގެ މަސައްކަތް ހުއްޓުވާފައި ވަނީ ބަލަން ޖެހޭ ބެލުންތައް އިތުރަށް ބަލައި ނިމެންދެންކަމަށް ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ