އއ. މާޅޮހާއި ޅ. ހިންނަވަރު ބަނދަރު އިތުރަށް ތަރައްގީކޮށް، އއ. އުކުޅަހުގެ ބަނދަރު ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
ޕްލޭނިންގް މިނިސްޓްރީން މި ތިން މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިއަދު އެކަމަށް ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.
އުކުޅަހު ބަނދަރު ހެދުމާއި ފެރީ ޓާމިނަލް ތޮށި ހެދުމުގެ މަސައްކަތަކީ 19.9 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ކަމަށް ޕްލޭނިން މިނިސްޓްރީން މައުލޫމާތު ދެއެވެ. އެމްޓީސީސީ އާއި މިއަދު ހަވާލު ކުރި މި ޕްރޮޖެކްޓުގެ މުއްދަތަކީ 120 ދުވަސް ކަމަށް ޕްލޭނިންގް މިނިސްޓްރީން ބުނެއެވެ.
ހިންނަވަރު ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއަކީ 99.52 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް ޕްލޭނިންގް މިނިސްޓްރީން ބުނެއެވެ. އަދި މި މޝްރޫއުގެ މުއްދަތަކީ 350 ދުވަސް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން މިއަދު ސޮއި ކުރި މާޅޮސް ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތަކީ 56.9 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް ޕްލޭނިންގް މިނިސްޓްރީން ބުނެއެވެ. ޕްލޭނިންގް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މި ޕްރޮޖެކްޓުގެ ކޮންޓްރެކްޓުގެ މުއްދަތަކީ 360 ދުވަހެވެ.
މި މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ފާރިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ.
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ