ޓެކްސް އެޕީލް ޓްރިއިބިއުނަލްގެ މެންބަރުކަމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ފަސް ބޭފުޅުންގެ ނަން އިތުރަށް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގައި މިހާރު ތިއްބެވި ފަސް މެންބަރުންގެ މުއްދަތު މިމަހު 28 ވަނަ ދުވަހަށް ހަމަވާނެއެވެ.
އެހެންކަމުން އެ މަގާމަށް ފަސް މެންބަރު އައްޔަން ކުރުމަށް، ފަސް ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުން ރުން ހޯއްދެވުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، އެކަމަށް ކުރިމަތި ލެއްވި ނުވަ ބޭފުޅުންގެ ނަން ވަނީ މަޖިލީހަށް ފޮނުއްވައިފައެވެ.
އެނަންތައް މަޖިލީހުގެ އަމީން އާއްމު މަޖިލީހަށް އިއްވެވުމުން، އެނަންތައް އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުއްވުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފޮނުއްވިއެވެ.
ހަސަން ޒުހެއިރު މުހައްމަދު ގ. މާވާރުލު
ނަސްރުﷲ ޖަމީލު ނަލަމަލަ ލ.މާވަށް
މުހައްމަދު މުނައްވަރު އަލީ ވެސްޓް ބީޗް އއ.މަތިވެރި
ފާތުމަތު މިންހަތު އިއްޒަތު ގ. ގޮފި
އައިމިނަތު ފަރީޝާ ވައިލެޓްފެހި ގދ. ހޯޑެއްދޫ
އިސްމާއީލް ސާޖިދު މއ. ވިލާރޮދި
ހުސެއިން ޒައިދާން ޖަލީލު މ. ފާމުދޭރިގެ
އަހުމަދު ސަލާހު އިރުވައިކޮޅުގެ ތ. އޮމަދޫ
އަހުމަދު އަޝްރަފް ދަފްތަރު ރސ. 7883
ޓެކްސް އެޕީލް ޓްރައިބިއުނަލް
ޓެކްސް އެޕީލް ޓްރައިބިއުނަލް
ޓެކްސް އެޕީލް ޓްރައިބިއުނަލް