ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް، ފަސްބޭފުޅުން އައްޔަން ކުރައްވައިފިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އައްޔަންކުރެއްވި ފަސް ބޭފުޅުންނަކީ، ސ.ހިތަދޫ މާވަހި، ހަސަން ނާސިހު އަހްމަދު އާއި ށ.ކޮމަންޑޫ ޗަމަން، އުސާމާ މޫސާ އާއި ހުޅުމާލެ ފްލެޓްނަންބަރު 02-2-88، އާއިޝަތު އިޝާގެ އިތުރުން ގއ. ނިލަންދޫ ގަސްދޮށުގެ، ޝިފްޒާ އަބްދުލްގައްޔޫމް އާއި ގދ. ގައްދޫ ބީޗްކޯނާ، އަހްމަދު ޔާމީންއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް، މި ފަސްބޭފުޅުން އައްޔަންކުރައްވާފައިވަނީ މިހާރު އެ ޓްރައިބިއުނަލްގައި ތިއްބެވި ފަސް މެންބަރުންގެ މުއްދަތު އިއްޔެއަށް ހަމަވުމާ ގުޅިގެންނެވެ.