ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް އައްޔަން ކުރަން ފަސް ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލަށް ފަސް މެންބަރުން އައްޔަން ކުރުމަށް 14 ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވިއެވެ.

އެކަމާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި ރައީސް ވިދާޅުވެފައިވަނީ، މިއީ ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ ދަށުން އެ ޓްރައިބިއުނަލްގެ މެންބަރުކަމަށް އައްޔަންކުރުމުގެ ފުރުސަތު ހުޅުވައިލެއްވުމުން އެކަމަށް ކުރިމަތިލެއްވި ބޭފުޅުން ކަމަށެވެ. އަދި މިއީ އެ ޓްރައިބިއުނަލްގައި މިހާރު ތިއްބެވި ފަސް މެންބަރުންގެ މެންބަރުކަމުގެ މުއްދަތު މިމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާތީ ފޮނުއްވި ނަންތަކެއް ކަަމަށްވެސް އެ ސިޓީގައި ވިދާޅުވެފައިވެއެވެ.

ހަމަ އެ ދުވަހު އެ މައްސަަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުއްވެވިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލައްވައިގެން ރައީސް މަޖިލީހަށް ފޮނުއްވި ބޭފުޅުން:

  1. އަހުމަދު ޔާމީން، ބީޗް ކޯނަރު ގދ. ގައްދޫ
  2. ޝިފްޒާ އަބްދުލްގައްޔޫމް، ގަސްދޮށުގެ ގއ. ނިލަންދޫ
  3. އައިޝަތު އިޝާ، ހުޅުމާލެ ފްލެޓް 02-2-88
  4. އުސާމާ މޫސާ، ޗަމަން ށ. ކޮމަންޑޫ
  5. ހަސަން ނާސިހް އަހުމަދު، މާވަހި ސ.ހިތަދޫ
  6. އިބްރާހިމް އަފީފް، ގުލްބަހާރުގެ ބ. ތުޅާދޫ
  7. ހަސަން ޒުހައިރު މުހައްމަދު، ގ.މާވާރުލު
  8. ޝައުފާ އިބްރާހިމް، އަކިރިވިލާ ދ. މީދޫ
  9. މުހައްމަދު ވަހީދު އަލީ، ދަފްތަރު ނަންބަރު ރސ.4095
  10. މުހައްމަދު އިމްތިޝާލް އަހުމަދު، މއ. މަލުވިލާ އުތުރުބައި
  11. އައިމިނަތު ޝާދިޔާ, މ.ޕިސްތާގެ
  12. އިބްރާހިމް ޝަރީފް، ގ. އަލިޝާ
  13. މުހައްމަދު އަމީން ޒާހިރު، ނީލާ ސ. ހިތަދޫ
  14. މުހައްމަދު އަބާން އިބްރާހިމް، ގ. އަންމޯލް

ކޮމިޓީން އެ މައްސަަލަ ދިރާސާކުރުމަށްފަހު، އެބޭފުޅުންނާ ކުރި އިންޓަވިއުތަކުން އެވްރެޖް 75 ޕަސެންޓުން މަތިން މާކްސް ލިބިވަޑައިގެންނެވި ބޭފުޅުންނަކީ ޓްރައިބިއުނަލްގެ މެންބަރުގެ ގޮތުގައި ކަނޑައެޅުމަށް ގާބިލް ބޭފުޅުންކަމަށް ކަނޑައަޅައި ކޮމިޓީ ރިޕޯޓް އިއްޔެ މަޖިލިސް ތަޅުމަށް ފޮނުއްވިއެވެ.

އެ ކޮމިޓީ ރިޕޯޓްގައިވާގޮތުން 70 ޕަސެންޓަށްވުރެ މަތިން މާކްސް ލިބިފައިވަނީ ނުވަ ބޭފުޅަކަށެވެ.

ހަތްދިހަ ފަސްޕަސެންޓަށްވުރެ މަތިން މާކްސް ލިބުނު ބޭފުޅުން:

  • ހަސަން ނާސިހް އަހުމަދު، މާވަހި ސ.ހިތަދޫ - %91
  • މުހައްމަދު އަމީން ޒާހިރު، ނީލާ ސ. ހިތަދޫ - %90
  • އުސާމާ މޫސާ، ޗަމަން ށ. ކޮމަންޑޫ - %90
  • އައިޝަތު އިޝާ، ހުޅުމާލެ ފްލެޓް 02-2-88 - %89
  • ޝިފްޒާ އަބްދުލްގައްޔޫމް، ގަސްދޮށުގެ ގއ. ނިލަންދޫ - %88
  • ޝައުފާ އިބްރާހިމް، އަކިރިވިލާ ދ. މީދޫ - %86
  • އަހުމަދު ޔާމީން، ބީޗް ކޯނަރު ގދ. ގައްދޫ - %86
  • މުހައްމަދު ވަހީދު އަލީ، ދަފްތަރު ނަންބަރު ރސ.4095 - %81
  • އައިމިނަތު ޝާދިޔާ, މ. ޕިސްތާގެ - %80

މީގެ ތެރެއިން ޓްރައިބިއުނަލްގެ މެންބަރުކަމަށް އައްޔަން ކުރަން މަޖިލީހުން ރުހުން ދިނީ ފަސް ބޭފުލަކަށެވެ.

މަޖިލީހުން ރުހުން ދެއްވި ބޭފުޅުން:

  • ހަސަން ނާސިހް އަހުމަދު، މާވަހި ސ. ހިތަދޫ
  • އުސާމާ މޫސާ، ޗަމަން ށ. ކޮމަންޑޫ
  • އައިޝަތު އިޝާ، ހުޅުމާލެ ފްލެޓް 02-2-88
  • ޝިފްޒާ އަބްދުލްގައްޔޫމް، ގަސްދޮށުގެ ގއ. ނިލަންދޫ
  • އަހުމަދު ޔާމީން، ބީޗް ކޯނަރު ގދ. ގައްދޫ