ޓެކްސް އެޕީލް ޓްރައިބިއުނަލަށް ފަސް މެންބަރުން އައްޔަންކުރަން 14 ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

އެކަމާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި ރައީސް ވިދާޅުވެފައިވަނީ، މިއީ ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ ދަށުން އެ ޓްރައިބިއުނަލްގެ މެންބަރުކަމަށް އައްޔަންކުރުމުގެ ފުރުސަތު ހުޅުވައިލެއްވުމުން އެކަމަށް ކުރިމަތިލެއްވި ބޭފުޅުން ކަމަށެވެ. އަދި މިއީ އެ ޓްރައިބިއުނަލްގައި މިހާރު ތިއްބެވި ފަސް މެންބަރުންގެ މެންބަރުކަމުގެ މުއްދަތު މިމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާތީ ފޮނުއްވި ނަންތަކެއް ކަަމަށްވެސް އެ ސިޓީގައި ވިދާޅުވެފައިވެއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލެއްވި ބޭފުޅުން:

  1. އަހުމަދު ޔާމީން، ބީޗް ކޯނަރު ގދ. ގައްދޫ
  2. ޝިފްޒާ އަބްދުލްގައްޔޫމް، ގަސްދޮށުގެ ގއ. ނިލަންދޫ
  3. އައިޝަތު އިޝާ، ހުޅުމާލެ ފްލެޓް 02-2-88
  4. އުސާމާ މޫސާ، ޗަމަން ށ. ކޮމަންޑޫ
  5. ހަސަން ނާސިހް އަހުމަދު، މާވަހި ސ.ހިތަދޫ
  6. އިބްރާހިމް އަފީފް، ގުލްބަހާރުގެ ބ. ތުޅާދޫ
  7. ހަސަން ޒުހައިރު މުހައްމަދު، ގ.މާވާރުލު
  8. ޝައުފާ އިބްރާހިމް، އަކިރިވިލާ ދ. މީދޫ
  9. މުހައްމަދު ވަހީދު އަލީ، ދަފްތަރު ނަންބަރު ރސ.4095
  10. މުހައްމަދު އިމްތިޝާލް އަހުމަދު، މއ. މަލުވިލާ އުތުރުބައި
  11. އައިމިނަތު ޝާދިޔާ, މ.ޕިސްތާގެ
  12. އިބްރާހިމް ޝަރީފް، ގ. އަލިޝާ
  13. މުހައްމަދު އަމީން ޒާހިރު، ނީލާ ސ. ހިތަދޫ
  14. މުހައްމަދު އަބާން އިބްރާހިމް، ގ. އަންމޯލް

މި ބޭފުޅުންގެ ތެރެއިން، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް އައްޔަންކުރާނެ ފަސް ބޭފުޅެއްގެ ނަން މަޖިލީހުން ފާސްކޮށްދެއްވުމަށްވެސް ރައީސްގެ ސިޓީފުޅުގައި ވަނީ އެދިވަޑައިގެންފައެވެ.