ބާސެލޯނާގެ ޒުވާން ތަރި، އަންސޫ ފަޓީގެ ކަކުލަށް ލިބިނު އަނިޔާއާ ގުޅިގެން ސާޖަރީއަކަށް ދާން ތައްޔާރުވެއްޖެއެވެ.
ބާސާއިން ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅުނު މެޗުގައި އަންސޫ ފަޓީއަށް އަނިޔާ ވެ، އޭނާ ބަދަލުކޮށްފައި ވެއެވެ. އޭރު ކްލަބުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ޓެސްޓްތަކުން ދައްކާފައިވާ ގޮތުން އަންސޫ ފަޓީގެ ކަކުލުގެ މެނިސްކަން ވަނީ ވީދައިގެން ގޮސްފައި ކަމަށެވެ. އެކަމަށް ފަރުވާ ކުރުމަށް ބޭނުންވާނެ ވަގުތާއި، ފަރުވާ ކުރަން އިތުރު އޮޕަރޭޝަނެއް ކުރަން ޖެހޭތޯ އަންނަނީ ބަލަމުން ކަމަށްވެސް ބާސާއިން ބުނެފައި ވެއެވެ.
އިއްޔެގެ ސްކޭން ތަކަށްފަހު ކްލަބުގެ ފަރާތުން މައުލޫމާތު ދީފައި ވަނީ ފަޓީގެ ކަކޫ އޮޕަރޭޝަން ކުރަން ޖެހޭނެ ކަމަށާއި، ގާތްގަނޑަކަށް ހަތަރު މަސް ދުވަހަށް އޭނާ ކުޅުމުން ދުރަށް ދާން ޖެހިފައިވާ ކަމަށެވެ. މެނެސްކަސްގެ އަނިޔާތަކަކީ، އަނިޔާ ބޮޑަށް ވެފައިވާ ނަމަ އޮޕަރޭޝަން ކުރަން ޖެހޭނެ ފަދަ އަނިޔާއެކެވެ. އެހެން ނަމަވެސް ގިނަ ފަހަރަށް އޮޕަރޭޝަން ނުކޮށް، ދެ މަސް ނޫނީ ތިން މަސް ދުވަހުގެ ތެރޭގައި މެނެސްކަސްގެ އަނިޔާތައް ރަނގަޅު ވެއެވެ.
އަންސޫ ފަޓީއަކީ ބާސާގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާއެވެ. އުމުރުން 17 އަހަރުގައި ގައުމީ ޓީމަށްވެސް ގޯލް ޖަހައި، 95 އަހަރުވީ ރެކޯޑެއް މުގުރާލި އަންސޫ ފަޓީއަކީ މި ސީޒަންގައި މިހާތަނަށް ގައުމީ ޓީމް އަދި ކްލަބަށްވެސް އެންމެ މޮޅު ކުޅުމެއް ދެއްކި އެއް ކުޅުންތެރިޔާއެވެ. އޭނާ ނެތްތަން ފޫބެއްދުމަށް ބާސާގެ ކޯޗު ރޮނާލްޑް ކޯމަންއަށް ވަނީ އުނދަގޫ މަސައްކަތެއް ކުރަން ޖެހިފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު