ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ދޭން ބަޖެޓުގައި ހިމަނައިފި އެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓް މަޖިލީހަށް ހުށަހަޅުވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، 2019 ވަނަ އަހަރު އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ވާނީ ބޮޑެތި އިސްލާހުތަކެއް ގެނެވި، ކައުންސިލްތައް ބާރުވެރިކުރުވައި، މާލީ ފުދުންތެރިކަން އިތުރުކޮށްދިނުމަށް މަގުފަހިކޮށްދީފައިވާ ކަމަށެވެ.
އެގޮތުން އަންނަ އަހަރު ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ދިނުމަށް ހުށަހަޅާފައިވާ ކަމަށް ވިދާޅުވި އެވެ.
ކައުންސިލްތައް މާލީ ގޮތުން އިތުރަށް ބާރުވެރި ކުރުމުގެ ގޮތުން ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ތެރޭގައި ދައުލަތުގެ ބަޖެޓްގެ ފަސް ޕަސެންޓް ކައުންސިލްތަކަށް ދިނުމަށް ވަނީ ހަމަޖައްސަައިފަ އެވެ. އެގޮތުން މިއަހަރުގެ ބަޖެޓުގައި ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ހިމެނި އެވެ.
އޭގެ އިތުރުން ބިމާއި ރަށްރަށާއި ފަޅާއި ފަރުފަދަ ތަންތަނުން ކުލީގެ ގޮތުގައި ލިބޭ އާމްދަނީގެ 40 ޕަސެންޓް ވެސް ކައުންސިލްތަކަށް ލިބޭއިރު، މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ބިންތަކުގެ ކުލީގެ ސައްތައިން ސައްތަ އެ ރަށެއްގެ ކައުންސިލަކަށް ލިބޭ ގޮތަށް ވެސް ގާނޫނަށް ގެނައި ބަދަލުތަކުގެ ތެރޭގައި ހިމެނެ އެވެ.
ދައުލަތުގެ ބަޖެޓު
ދައުލަތުގެ ބަޖެޓު
ދައުލަތުގެ ބަޖެޓު
ދައުލަތުގެ ބަޖެޓު