އިންޑިއާއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 8.5 މިލިއަނުން މައްޗަށް އަރައިފިއެވެ.

ދުނިޔޭގެ ދެވަނައަށް އެންމެ ގިނައިން ކޮވިޑް ޖެހިފައިވާކަމަށް ރެކޯޑުތަކުން ދައްކާ އިންޑިއާއިން ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އެކަނިވެސް ވަނީ 45،674 ކޮވިޑް ކޭސް ފެނިފައެވެ.

އިންޑިއާގައި މިހާރުވެސް އެކްޓިވް ކޭސްގެ ގޮތުގައި 512،665 މީހުން އެބަ ތިބިކަމަށް އެގައުމުން ހާމަކޮށްފައިވާ މައުލޫމާތުތަކުން އެނގެއެވެ.

ފާއިތުވެދިޔަ 24 ގަޑިއިރު އިންޑިއާއިން 559 މީހުން ކޮވިޑުގައި މަރުވެފައިވާއިރު ބަލިން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 126،121 އަށް އަރައިފައެވެ.

ދުނިޔެއިން އެންމެ ގިނަ ކޮވިޑް ފެނިފައިވަނީ އެމެރިކާއިންނެވެ. އެގައުމުން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 9.96 މިލިއަނަށްވުރެ މައްޗަށް އަރާފައެވެ.