ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބެލްޖިއަމް ވިންގާ އެޑެން ހަޒާޑާއި ބްރެޒިލްގެ މިޑްފީލްޑަރު ކަސަމޭރޯ ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެއެވެ.
ހަޒާޑާއި ކަސަމޭރޯ ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވުމާއެކު، މާދަމާ ވެލެންސިއާއާ ދެކޮޅަށް ރެއާލުން ނުކުންނަ މެޗުގައި އެ ދެކުޅުންތެރިންވެސް ނުފެންނާނެއެވެ.
މި ސީޒަން ފެށިއިރު ހަޒާޑް އަނިޔާގައި ހުރުމަށްފަހު މިހާތަނަށް ކުޅެފައިވަނީ ތިން މެޗެވެ. އަނިޔާގެ ސަބަބުން މިދިޔަ ސީޒަނުގައިވެސް ހަޒާޑަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކިފައިނުވާ އިރު، މި ސީޒަނުގައި މިހާތަނަށް ކުޅުނު މެޗުތަކުގައި ހަޒާޑްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިފައިވެއެވެ.
ކަސަމޭރޯއާއި ހަޒާޑް ކޮވިޑަށް ޕޮޒިޓިވް ވެފައިވީ ނަމަވެސް، އެޓީމުގެ އެހެން އެއްވެސް ކުޅުންތެރިޔަކު ވައިރަހަށް ޕޮޒިޓިވްވެފައެއް ނުވެއެވެ. ރެއާލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިއްޔެ ހެދި ޓެސްޓަކުގެ ނަތީޖާ ދައްކާ ގޮތުން ހަޒާޑާއި ކަސަމޭރޯ ޕޮޒިޓިވްވެފައިވާ ކަމަށާއި ކޯޗިން ސްޓާފުންނާއި އެހެން ހުރިހާ ކުޅުންތެރިންގެ ޓެސްޓުތައް ނެގެޓިވެ ވެފައިވާ ކަމަށެވެ.
މިދިޔަ ހަފުތާގައި ރެއާލްގެ ޑިފެންޑަރު އެޑާ މިލީޓޯ ވަނީ ކޮވިޑަށް ފޮޒިޓިވް ވެފައެވެ. އޭނާއަށް އިންޓަ މިލާންއާ ދެކޮޅަށް ކުޅުނު ޗެމްޕިއަންސް ލީގުގެ މެޗު ވަނީ ގެއްލިފައެވެ. އޭނާގެ އިތުރުން ރެއާލްގެ ބީ ޓީމު ކަސްޓެއްލާގެ ބައެއް ކުޅުންތެރިންނަށްވެސް ވަނީ ކޮވިޑް ޖެހިފައެވެ.
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް