ކޮވިޑްގެ ހާލަތު ގޯސްވެ އިޓަލީގެ ބޮޑު ސަރަހައްދެއް ލޮކްޑައުން ކޮށްފިއެވެ.

އިޓަލީގައި ވަނީ ކޮވިޑުގެ ވައިރަހުގެ ނުރައްކާ ބޮޑުވެފައިވާތީ ގައުމު ތިން ޒޯނަކަށް ބަހައިލައިފައެވެ. އެގޮތުން އެގައުމުގެ ހަތަރު ސިޓީއެއް ވަނީ ރަތް ޒޯނުގެ ގޮތުގައި ކަނޑައަޅައިފައެވެ.

އިޓަލީގައި މި ކަނޑައެޅި ރަތް ޒޯނުގައި 16.5 މިލިއަން މީހުން ދިރިއުޅެއެވެ. އެސަރަހައްދުތަކުގެ މީހުންނަށް ގެއިން ބޭރަށް ނިކުތުމުގެ ހުއްދަ އޮންނަނީ ހަމައެކަނި ޒަރޫރީ ބޭނުންތަކަށެވެ.

އިޓަލީން ވަނީ މިހާތަނަށް އަށް ލައްކައަށް ވުރެން ގިނަ ކޮވިޑް ކޭސް ފެނިފައެވެ. އަދި އެގައުމުން 40638 މީހުން ބަލި ޖެހިގެން މަރުވެފައިވާ ކަމަށް ރެކޯޑް ތަކުން ދައްކައެވެ.

ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ކޮވިޑްގެ ހާލަތު އެންމެ ގޯސްވެފައިވަނީ ބްރެޒިލް ގައެވެ. އެގައުމުން މިހާތަނަށް 5.61 މިލިއަން ކޭސް ވަނީ ފެނިފައެވެ.