ހދ. ކުޅުދުއްފުށި ފިހާރައެއްގެ ތެރޭ މީހަކަށް ތޫނު އެއްޗަކުން ހަމާލާ ދީފި އެވެ.
ފުލުހުން ބުނީ މިއަދު 11:25 ހާއިރު ކުޅުދުއްފުށި ފިހާރައެއްގެ ތެރޭ މީހަކަށް ތޫނު އެއްޗަކުން ހަމާލާ ދިން ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
މި ހަމަލާގެ ސަބަބުން ޒަހަމްވެފައި ވަނީ 22 އަހަރުގެ ފިރިހެނެއް ކަމަށާއި އެ މީހާއަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕުޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ. އަދި އެ މީހާގެ ހާލު ސީރިއަސް ނޫން ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން 28 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. މިހާރު މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން މައުލޫމާތު ދެއެވެ.