ހދ. ކުޅުދުއްފުށި ސިޓީގައި މޫދަށް އެރި އުޅުނު އުމުރުން ދުވަސްވީ މީހަކު ގެނބިގެން މަރުވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި، މަރުވެފައިވަނީ އެ ސިޓީގައި އޮންނަ ތަރިޕާކު މޫދަށް އެރޭ ސަރަހައްދަށް އެރި އުޅުނު ދުވަސްވީ ފިރިހެނެކެވެ.

އޭނާގެ ހަށިގަނޑު ފެނިފައިވަނީ އެ ސަރަހައްދަށް ފުލުހުން އައިސް ހޯދުމުންނެވެ.

އެނގިފައިވާ ގޮތުގައި އޭނާގެ ހަށިގަނޑު މޫދުގެ އަޑިން ނެގިއިރު ވަރަށް ގިނަ އަދަދަކަށް އަނގައިންނާއި ނޭފަތުން ލޭ އައިސްފައިވެއެވެ.