އެކުވެރި އަރަބި އެމިރޭޓސް (ޔޫއޭއީ) ބޮޑުވަޒީރު ކޮވިޑް ވެކްސިން ޖައްސަވައިފިއެވެ.

ޔޫއޭއީގެ ބޮޑުވަޒީރުގެ އިތުރުން އެގައުމުގެ ނައިބު ރައީސް ވެސް ވަނީ ކޮވިޑް ވެކްސިން ޖައްސަވައިފައެވެ. މީގެ އިތުރުން ދުބާއީގެ ވެރިޔާ ޝައިހް މުހައްމަދު ބިން ރާޝިދު އަލް މަކްތޫމް ވެސް ވަނީ ވެކްސިން ޖައްސަވައިފައެވެ.

ޔޫއޭއީ ސަރުކާރުގެ އިސް އޮފިޝަލުންނަށް ކޮވިޑް ވެކްސިން ދީފައިވާއިރު އެގައުމުގެ އިސް ސަފުގައި މަސައްކަތް ކުރާ މީހުންނަށް ވެސް ވަނީ ކޮވިޑް ވެކްސިން ދީފައެވެ.

ދުބާއީގައި ބޭނުން ކުރަން ފަށާފައިވަނީ ޗައިނާގެ ސައިނޯފާމް އިން އުފައްދަމުން އަންނަ ވެކްސިން އެކެވެ. އެވެކްސިން ވަނީ ޓެސްޓުތަކުގެ އެންމެ ފަހުގެ މަރުހަލާގައެވެ.