ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް ފަހު ޖުލައި 15ގައި ބޯޑަރު އަލުން ހުޅުވި ފަހުން ފްލައިޓް މޫވްމެންޓު އެންމެ ގިނަ ދުވަހަކީ އިއްޔެ ކަމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފިއެވެ.
އެމްއޭސީއެލުން ކުރި ޓުވީޓެއްގައި ބުނީ އިއްޔެ އަކީ އަލުން ބޯޑަރު ހުޅުވާލި ފަހުން އެންމެ ގިނަ އަދަދަކަށް ފްލައިޓް މޫވްމަންޓް ހިނގާފައިވާ ދުވަސް ކަމަށެވެ.
އެގޮތުން އިއްޔެ އެކަނިވެސް އެއާ ޓްރެފިކް ކޮންޓްރޯލާއަށް 227 ފްލައިޓެއްގެ މޫވްމަންޓް ރެކޯޑު ކުރެވިފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް 69 މޫވްމަންޓްގެ އިތުރުން 158 ސީޕްލޭން މޫވްމަންޓް ކަމަށް އެމްއޭސީއެލުން ބުންޏެވެ.
މީގެ ކުރިން ރެކޯޑް އަދަދަކަށް ފްލައިޓް މޫވްމަންޓް ރެކޯޑް ކުރެވިފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ. އެދުވަހު 239 ފްލައިޓް މޫވްމަންޓް ވަނީ ރެކޯޑް ކުރެވިފައެވެ.
ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން ގިނަ އެއާލައިންތަކުން މިހާރު އަންނަނީ ރާއްޖެއަށް ޝެޑިއުލް ދަތުރުތައްވެސް ބާއްވަމުންނެވެ. އަދި ރާއްޖެއަށް އަންނަ ޕްރައިވެޓް ޖެޓާއި ޗާޓަރު ފްލައިޓުތަކުގެ އަދަދުވެސް ވަނީ އިތުރުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު