މެލޭޝިއާގައި ކޮވިޑާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް މުރާޖާ ކުރަން ނިންމައިފިއެވެ.
މެލޭޝިއާގެ ބޮޑުވަޒީރު މުހިއްދީން ޔައްސިން ވަނީ އެގައުމުގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް މުރާޖާ ކުރުމަށް އެގައުމުގެ ނެޝަނަލް ސެކިއުރިޓީ ޗައުންސިލާ މިއަދުގެ ވަގުތެއްގައި ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވުމަށް ނިންމަވައިފައެވެ. އަދި އެ މަޝްވަރާތަކަށްފަހު ނިންމާގޮތެއް ވަގުތުން ތަންފީޒު ކުރައްވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
މެލޭޝިޔާ އިން އިއްޔެ އެކަނިވެސް ވަނީ ކޮވިޑްގެ 834 ކޭސް ފެނިފައެވެ. އެގައުމުން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 33،339 އަކަށް އަރާފައެވެ.
މެލޭޝިޔާ އިން ކޮވިޑް ޖެހި މިހާތަނަށް 251 މީހުން މަރުވެފައި ވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ