ތުރުކީއަށް އައި ބިންހެލުމުގައި ވެއްޓިފައިވާ އިމާރާތެއްގެ ދަށުން 65 ގަޑިއިރު ފަހުން ތިން އަހަރުގެ ކުއްޖަކު ސަލާމަތް ކޮށްފިއެވެ.
ތުރުކީގެ އިޒްމީރްގެ އިމާރާތެއްގެ ދަށުން ނަގާފައިވަނީ އެލިފް ޕެރިންސެކް ނަމަކަށް ކިޔާ އަންހެން ކުއްޖެކެވެ.
ތުރުކީގެ ހެލްތު މިނިސްޓަރު ވަނީ އެކުއްޖާގެ މަންމަ އާއި އިތުރު ދެ މީހަކު މީގެ ކުރިން ސަލާމަތްކޮށްފައިވާ ކަމަށާއި ލިބުނު މައުލޫމާތުތަކަށް ބަލައި އެލިފް ހޯދުމުގެ މަސައްކަތް ފެށިކަމަށް ވިދާޅުވެފައެވެ. މިނިސްޓަރު ވަނީ އެލިފްގެ އެއްބަނޑު އެއްބަފާ ކުއްޖަކު މަރުވެފައިވާ ކަމަށްވެސް ވިދާޅުވެފައެވެ.
ތުރުކީގެ ޑިޒާސްޓާ އެންޑް އިމަޖެންސީ މެނޭޖްމަންޓް އޮތޯރިޓީގެ ޓީމުން ވަނީ 14 އަހަރުގެ ކުއްޖަކު ވެސް އިމާރާތެއްގެ ދަށުން ސަލާމަތް ކޮށްފައެވެ. އެކުއްޖާ ވަނީ އިމާރާތުގެ ދަށުގައި އޮންނަތާ 58 ގަޑިއިރު ވެފަވެއެވެ.
ތުރުކީގެ އިތުރުން ގްރީސް އަށް ބިންހެލުމުގެ ލޮޅުމުގެ އަސަރު ކޮށްފައިވާއިރު އެންމެ ބޮޑު ގެއްލުންތަކެއް ވެފައިވަނީ ތުރުކީގެ އިޒްމީރް ސިޓީ އަށެވެ.
ވެއްޓިފައިވާ އިމާތާތްތަކުގެ ދަށުން މީހުން ހޯދުމުގެ މަސައްކަތް ކުރިޔަށް ދާއިރު ބިންހެލުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު ވަނީ 69 އަކަށް އަރައިފައެވެ. ތުރުކީ އިން މިހާތަނަށް 949 މީހަކަށް އެކިވަރުގެ އަނިޔާވެފައިވާއިރު 220 މީހަކަށް މިހާރުވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ