ހަތް މަސް ފަހުން އުމްރާއަށް ސައުދީ ހުޅުވާލައިފިއެވެ.
ކޮވިޑްގެ ނުރައްކާ ބޮޑުވެ ސައުދީ އިން އަޅާފަައިވާ ފިޔަވަޅުތަކަށް ލުއިދޭން ފަށާފައިވާއިރު އެގައުމަށް އުމްރާ ކުރުމަށް ދަތުރުކުރާ މީހުންނަށް ގަވާއިދެއް ހަދައި ހުޅުވާލާފައިވާއިރު އެކި ގައުމުތަކުން 10000 މީހުން އުމްރާ ކުރުމަށް އެގައުމަށް ދާން ހުއްދަ ހޯދައިފައިވާ ކަމަށް ހައްޖު އެންޑް އުމްރާ މިނިސްޓްރީ އިން ބުނެފައި ވެއެވެ.
ސައުދީގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރާ ހަވާލާދީ އެގައުމުގެ މީޑިއާތަކުން ވަނީ އުމްރާގެ އަޅުކަމަށް ދާ މީހުން ގައުމަށް އެތެރެވުމަށް ފަހު ތިން ދުވަހަށް އައިސޮލޭޓް ވާން ޖެހޭނެ ކަމަށް ބުނެފައެވެ.
މިނިސްޓްރީ އިން ވަނީ އުމްރާ އަށް ދާ މީހުންނަށް އެގައުމުގައި ތިބެވޭނީ 10 ދުވަހު ކަމަށް ބުނެފައެވެ.
ކޮވިޑްގެ ސަބަބުން ސައުދީގައި މިއަހަރު ހައްޖުގެ އަޅުކަމަށްވެސް ހުއްދަ ދީފައިވަނީ އެގައުމުގައި ދިރިއުޅޭ މީހުންގެ ތެރެއިން ވަކި ބަޔަކަށެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ