އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތަށް އެކުއްޖާގެ ދޮންބައްޕަ ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "ވަން" އަށް ވިދާޅުވީ، ސެންޓްރަލް ޕޮލިސް ޑިވިޝަން ހިމެނޭ މ. ފ. އަދި ދ. އަތޮޅުގައި ހިމެނޭ ރަށެއްގައި އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ޖިންސީ ގޯނާކުރި މައްސަލައެއް އޮކްޓޯބަރު 23 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ރޭ ކޯޓް އަމުރެއްގެ ދަށުން 49 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ކުޑަކުއްޖާއަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އެ ކުއްޖާގެ ދޮންބައްޕަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު