ދުވާފަރު މަގުހެދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނި، އެމްޓީސީސީން ބުނެފި އެވެ.
އެމްޓީސީސީން އެންމެ ފަހުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު އެ މަޝްރޫއުގެ ދަށުން މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތުގެ 30 ޕަސެންޓަށްވުރެ ބޮޑުބައި ވަނީ ނިމިފަ އެވެ. އަދި މުޅި މަޝްރޫއުގެ 80 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ބުންޏެވެ.
އެމްޓީސީސީން ބުނީ، އެ ކުންފުނީގެ މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށް ގެންދަނީ އެރަށެއްގައި ދިރިއުޅޭ ރައްޔިތުންނާއި ކްލައިންޓާއި ސްޓޭކްހޯލްޑަރުންގެ އެއްބާރުލުމާއެކު ކަމަށެވެ.
ދުވާފަރު މަގުހެދުމުގެ މަޝްރޫއުގައި ފައިމަގުގައި ހިނގޭ ގޮތަށް 6813.08 އަކަ މީޓަރުގެ ސަރަހައްދެއް ގާއިމުކުރުމާއި، މަގުގައި ދުއްވޭ ގޮތަށް 25،513 އަކަ މީޓަރުގެ ސަރަހައްދެއް ގާއިމުކުރުމާއި، މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ.
ނޭޝަނަލް ޕްލޭނިން، ހައުސިންގެ ފަރާތުން މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 47.04 މިލިއަން ރުފިޔާއަށެވެ. އަދި އެ މަސައްކަތް ކުންފުނިން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ.
ރ. ދުވާފަރު
ރ. ދުވާފަރު
ރ. ދުވާފަރު
ރ. ދުވާފަރު