އެމެރިކާއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ނުވަ މިލިއަނަށް އަރައިފިއެވެ.

އެމެރިކާގައި ކޮވިޑް ކޭސްތައް ނުވަ މިލިއަނަށް އަރާފައި މިވަނީ ކޭސްތަކުގެ އަދަދު އަށް މިލިއަނަށް އެރިތާ އެންމެ 15 ދުވަސް ތެރޭގައެވެ.

އެމެރިކާއިން މިދިޔަ ބުރާސްފަތި ދުވަހު އެކަނިވެސް 90،000 ކޮވިޑް ކޭސް ފެނިފައިވާ ކަމަށް ރިޕޯޓު ކޮށްފައި ވެއެެވެ. މިއީ ރެކޯޑް އަދަދެކެވެ.

ކޮވިޑް ޖެހިގެން އެމެރިކާއިން މަރުވި މީހުންގެ އަދަދު މިހާރުވަނީ 228000 އަށްވުރެ މައްޗައް އަރާފައި ކަމަށް ރެކޯޑްތަކުން ދައްކައެވެ.

އެމރިކާގެ ހާލަތު މިހާ ގޯސްވެފައިވާ މިހާލަތުގައި އެގައުމުގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން އަންނަ ހަފްތާގައި އޮންނައިރު މިއީ އެގައުމުގެ ހާލަތު އިތުރަށް ގޯސްވެދާނެ ކަމެއް ކަމަށް މާހިރުން ބުނެއެވެ.