މޮޑާނާގެ ކޮވިޑް ވެކްސިން ގަތުމަށް އެކި ގައުމުތަކުން 1.1 ބިލިއަން ޑޮލަރު ދައްކައިފި އެވެ.

މޮޑާނާއިން އުފައްދަމުން އަންނަ ކޮވިޑް ވެކްސިންގެ އެންމެ ފަހުގެ މަރުހަލާތައް ކުރިޔަށް ދާއިރު އެކުންފުނިން ވަނީ ވެކްސިން ތައާރަފުކުރުމުގެ މަސައްކަތް ވެސް ކުރިޔަށް ދާކަމަށް ބުނެފައެވެ. މޮޑާނާއިން ވަނީ އެކި ގައުމުތަކުން ޑިޕޮސިޓްގެ ގޮތުގައި 1.1 ބިލިއަން ޑޮލަރު ލިބިފައިވާ ކަމަށް ބުނެފައެވެ.

މޮޑާނާއިން އުފައްދާ އެމްއާރްއެންއޭ 1273 ސަޕްލައި ކުރުމަށް އުތުރު އެމެރިކާގެ އިތުރުން މެދުއިރުމަތި އަދި އެހެން ސަރަހައްދު ތަކަށް ވެކްސިން ސަޕްލައި ކުރުމަށް އެގްރީމެންޓު ވެސް ހަދާފައިވާކަމަށް އެ ފަރާތްތަކުން ވަނީ ބުނެފަ އެވެ.

މޮޑާނާއިން ވަނީ 30،000 މީހުން ބޭނުންކޮށްގެން ކުރާ އެންމެ ފަހުގެ ޓެސްޓުތައް މިދިޔަ ހަފްތާގައި ކޮށް ނިންމާފައިވާ ކަމަށް ބުނެފައެވެ.