މާޝަލް އައިލެންޑްސް އިން ފުރަތަމަ ފަހަރަށް ކޮވިޑް ކޭސްތަކެއް ފެނިއްޖެއެެވެ.
ޕެސިފިކް ސަރަހައްދުގެ ޖަޒީރާ މާޝަލް އައިލެންޑްސް އަކީ ދުނިޔެއިން ކޮވިޑް ފެނިފައި ނުވާ ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ. މާޝަލް އައިލެންޑްސް އިން ކޮވިޑް ކޭސްތަކެއް ފެނިފައިވަނީ އެގައުމުގައި ހުންނަ އެމެރިކާގެ މަރުކަޒަކަށް ހަވާއީ އިން އައި ދެ މީހަކު ޕޮޒިޓިވް ވެގެންނެވެ.
މާޝަލް އައިލެންޑުން ވަނީ ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން މިދިޔަ މާޗް މަހުން ފެށިގެން އެގައުމުގެ ބޯޑަރު ބަންދު ކޮށްފައެވެ.
އެގައުމުގެ އޮފިޝަލުން ވަނީ މިހާރު ޕޮޒިޓިވް ވެފައިވާ މީހުން އައިސޮލޭޓް ކޮށްފައިވާކަމަށް ބުނެފައެވެ. އަދި އާންމުންނަށް އެއްވެސް ނުރައްކަލެއް ނެތްކަމަށް ވެސް އޮފިޝަލް ބުނެފައި ވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ