އިންޑިއާގެ މަޝްހޫރު ބެޑްމިންޓަން ކުޅުންތެރިޔާ ސައިނާ ނެހްވާލު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

ސައިނާ ރާއްޖެ އައިސްފައިވަނީ އޭނާގެ ފިރިމީހާ އަދި އިންޑިއާގެ މަޝްހޫރު ބެޑްމިންޓަން ކުޅުންތެރިޔާ ޕަރުޕައްލީ ކަޝްޔާޕް އާއި އިތުރު އެކުވެރިންތަކަކާ އެކު އެވެ.

ތާޖް އެކްސޯޓިކާ ރިސޯޓުގައި އެމީހުން ހޭދަކުރަމުން އަންނަ ޗުއްޓީގެ ފޮޓޯތައް ސައިނާ އަންނަނީ އިންސްޓަގްރަމް މެދުވެރިކޮށް އޭނާގެ 1.4 މިލިއަން ފޮލޯވަރުންނާ ހިއްސާ ކުރަމުންނެވެ.

ސައިނާ ވަނީ އޭނާގެ ބެޑްމިންޓަން ހަޔާތުގައި ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އޭނަ ވަނީ 2012 ވަނަ އަހަރު އޮލިމްޕިކް ގޭމްސްގައި ވިމެންސް ސިންގަލްސް ކެޓަގަރީ އިން ބްރޯންޒް މެޑަލް ހޯދައިފައެވެ. މިއީ އިންޑިއާގެ ބެޑްމިންޓަން ކުޅުންތެރިޔަކު އޮލިމްޕިކްސް ގޭމްސް އިން މެޑަލެއް ހޯދި ފުރަތަމަ ފަހަރެވެ.