އިންޑިއާއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު އަށް މިލިއަނަށްވުރެ މައްޗަށް އަރައިފިއެވެ.

ދުނިޔޭގައި ކޮވިޑްގެ އެންމެ ގިނަ ކޭސްތައް ފެނިފައިވާ ލިސްޓުގެ ދެވަނައިގައި އޮތް އިންޑިއާއިން މިހާތަނަށް 80،01،583 ކޮވިޑް ކޭސް ރެކޯޑް ކޮށްފައިވާއިރު ބަލިޖެހިގެން އެގައުމުން 1،20،185 މީހުން މަރުވެފައި ވެސް ވެއެވެ.

އިންޑިއާގައި އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު ވަނީ ހަތް މިލިއަނަށް ވުރެން ދަށަށް ވެއްޓިފަ އެވެ.

އިންޑިއާގެ ކައުންސިލް އޮފް މެޑިކަލް ރިސާޗުން ވަނީ އެގައުމުގައި މިހާތަނަށް 105،487،680 ސާމްޕަލް ނަގާފައިވާކަމަށް ބުނެފައެވެ. މިމަހު މިހާތަނަށް 1،066،786 ސާމްޕަލް ނަގައި ޓެސްޓު ކޮށްފައިވާކަމަށް ވެސް އެކައުންސިލުން ބުނެއެވެ.

ކޮވިޑް ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް ލުއިކުރުމުގެ މަސައްކަތް އިންޑިއާއިން ވެސް ފަށާފައިވާއިރު އެގައުމުން ވަނީ އަންނަ މަހުން ފެށިގެން އިތުރު ލުއިތަކެއް ދޭނެކަން އިއުލާންކޮށްފައެވެ.