ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
އުމުރުން 50 އަހަރުގެ އިންފަންޓީނޯ ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ފީފާއިން ނެރުނު ބަޔާނެއްގައި ވަނީ ކަށަވަރުކޮށްދީފައެވެ.
"ރައީސް އިންފަންޓީނޯއަށް އަވަސް ޝިފާއަކަށް އެދެން،" އިންފަންޓީނޯ ކޮވިޑަށް ޕޮޒިޓިވްވިކަން އިއުލާނުކުރުމަށް ފީފާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ފީފާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އިންފަންޓީނޯގެ ގައިން ބަލީގެ އަލާމާތްތައް ފެނިފައިވާ ކަމަށާއި ޕޮޒިޓިވްވުމުން ކުރިއަށްއޮތް ދިހަ ދުވަހެއްހާ ދުވަހު އޭނާ އައިސޮލޭޝަނުގައި ހުންނަވާނެ ކަމަށެވެ. އަދި އޭނާއާ ކޮންޓެކްޓުވެފައިވާ މީހުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އަންގާފައިވާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ފީފާ
ފީފާ
ފީފާ
ފީފާ