ރާއްޖެ ބަނގުރޫޓްކޮށްލައި، ފަނޑިޔާރުގެތައް ކޮރަޕްޝަންގެ އައްޑާތަކަކަށް ބަދަލުވީ ރައީސް އަބުދުﷲ ޔާމީންގެ ވެރިކަމުގައި ކަމަށް މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕީޕީއެމް ވެރިކަމުގައި ގައުމުގައި ކަންކަން ހިނގައިދިޔަ ގޮތް ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ.
"ރާއްޖެ ބަނގުރޫޓްކޮށްފަ، ފަނޑިޔާރުގެތައް ކޮރަޕްޝަންގެ އައްޑާތަކަކަށް ބަދަލުވީ ރައީސް ޔާމީންގެ އިރުޝާދާއި ލަފަޔާއި އެނގުމާއި ބައިވެރިވުމުގެ ތެރެއިންކަން ދިވެހިން ވަރަށް ރަނގަޅަށް ދަނޭ،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު މިގޮތަށް ވިދާޅުވެފައި މިވަނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) މިހާރު އެކުލެވިފައިވާ ގޮތް ބަދަލުކޮށް، ސިޔާސީ މީހުން ނުލައި އެ ކޮމިޝަން އެކުލަވައިލަން ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު ބަލައިނުގަނެ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.
އެ ބިލު ހުށަހެޅުއްވީ އިދިކޮޅު ޕީޕީއެމްގެ މެންބަރު ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މި ބިލު ހުށަހަޅައިގެން ކުރިއަށްގެންދިޔަ ބަހުސްގައި އެމްޑީޕީގެ އެންމެ މެންބަރަކުވެސް ބިލަށް ވާހަކަދައްކަވައިފައެއް ނުވެއެވެ.
މީގެ އިތުރުން އިދިކޮޅު ޕީޕީއެމްގެ ނުވަވަނަ އަހަރީ ދުވަހާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ރައީސް ޔާމީން މިނިވަންކޮށް، 2023 ގައި ވެރިކަމަށް ވެރިކަމަށް ގެންނާނެކަމުގެ ޔަގީންކަން ވެސް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ މެންބަރުން އަންނަނީ ދެމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު