ރ. އުނގޫފާރު މަގުތައް ހެދުމުގެ މަޝްރޫއުގެ 42 އިންސައްތަ މަސައްކަތް ނިމިއްޖެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ބުނީ މިހާތަނަށް މި މަޝްރޫއުގެ ދަށުން 2000 އަކަ މީޓަރުގެ ފެން ހިންދާ ނިޒާމެއް ގާއިމު ކުރުމުގެ މަސައްކަތް ނިންމާފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ މަގުތައް އެއްވަރު ކުރުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން ބުނެއެވެ.
މި މަޝްރޫއޫގެ ދަށުން އުނގޫފާރުގެ 13 މަގެއްގެ ދުއްވޭ ސަރަހައްދުގެ ގޮތުގައި 16،488 ސްކެއާ މީޓަރު ގާއިމުކުރާނެ ކަމަށް މީގެ ކުރިން އެމްޓީސީސީން ބުނެފައި ވެއެވެ. އަދި އުނގޫފާރު މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމު ކުރުމުގެ އިތުރުން ސައިޑް ވޯކް ހެދުމުގެ މަސައްކަތާއި މަގުތަކުގައި މަގު ބައްތި ހަރުކޮށް މަގުގައި ރޯޑް ސައިން ހަރު ކުރާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
ދުވާފަރުގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުއެވެ. މި މަޝްރޫއުގެ އަގަކީ 28.66 މިލިއަން ރުފިޔާ އެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި