ފްރާންސްގެ ލެޖެންޑަރީ މިޑްފީލްޑަރު، މިހާރު ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާން އެ ކްލަބުން ފޮނުވާލަން އުޅޭކަމުގެ ވާހަކަތަކަށް އޭނާ ރައްދު ދީފިއެވެ.
ރެއާލްއިން މި ސީޒަން ފެށީ އެންމެ ރަނގަޅު ފޯމެއްގައި އޮވެގެން ނޫނެވެ. މިދިޔަ ހަފްތާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ޝަކްތާ ޑޮނެސްކްގެ ޒުވާން ޓީމާ ދެކޮޅަށް ކުޅުނު މެޗުންވެސް ރެއާލް ބަލިވިއިރު، އޭގެ ކުރިން ލީގުގައި ބަލިވީ އަލަށް ލީގަށް އައި ޓީމެއްގެ އަތުންނެވެ. އެ ބަލިތަކާއެކު ރެއާލްގެ ކޯޗު ޒިދާނަށް މަގާމުން ވަކި ކޮށްފާނެ ކަމުގެ ބިރު ހީވެފައިވެއެވެ.
ޒިދާން ބުނެފައި ވަނީ އުނދަގޫ ހާލަތެއް ކުރިމަތިވި ނަމަވެސް، އެއްވެސް ހާލެއްގައި މަގާމު ދޫކޮށްދާން އޭނާ ނުވިސްނާނެ ކަމަށެވެ. މި ހަފްތާގައި ރެއާލްއިން ބާސެލޯނާއާ ދެކޮޅަށް ކުޅުނު އެލް ކްލެސިކޯ މެޗު ކާމިޔާބު ކުރުމުން ޒިދާނަށް ޕްރެޝަރު ކުޑަވެފައިވާއިރު، އޭނާ ބުނެފައި ވަނީ ވިސްނާނީ މެޗަކަށްފަހު މެޗަކަށް ކަމަށެވެ.
"މިހާރު ވިސްނުން ހުރީ މާދަމާގެ މެޗަށް. ޓީމުން އިސްތިއުފާ ދިނުމާ އެކަހަލަ އެހެން ކަންކަމަށްވެސް ނުސްވިނަން. މަގާމުން ވަކި ކުރަންދެންވެސް އިހުލާސްތެރިކަމާއެކު، ވަރުގަދައަށް މަސައްކަތް ކުރާނަން،" ޒިދާން ބުނެފައިވެއެވެ.
ގިނަ ބަޔަކު ބުނެފައި ވަނީ ޒިދާންއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ރެއާލްގެ ޑްރެސިން ރޫމްގެ ރޫހު ގެއްލިފައިވުން ކަމަށެވެ. ޒިދާން ކޯޗުކަމާ ހަވާލުވިފަހުން އާންމުކޮށް ފުރަތަމަ 11އަށް ނާރައި އިސްކޯގެ ފަރާތުން ޒިދާންއަށް އެއްޗެހި ގޮވާތަން ފެންނަ ވީޑިއޯއެއް ވަނީ އާންމު ވެފައެވެ.
ޒިދާންއަކީ ރެއާލްއަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފައިވާ ކޯޗެކެވެ. މިދިޔަ އަހަރުގެ ލީގުވެސް ޒިދާން ހޯދާފައިވާއިރު، ޒިދާންގެ ކޯޗުކަމުގައި ރެއާލްއިން ވަނީ ޖެހިޖެހިގެން ތިން ފަހަރަށް ޗެމްޕިއަންސް ލީގު ހޯދައި ފުޓުބޯޅަ ދުނިޔެ ހައިރާން ކޮށްލައިފައެވެ. ޗެމްޕިއަންސް ލީގުގެ ތިން ތަށްޓަށްފަހު ޒިދާން ކޯޗުކަމުން ދުރަށް ގޮސްފައިވާއިރު، އެ ކްލަބުން 2019 ވަނަ އަހަރު ޗެމްޕިއަންސް ލީގުން ކެޓީ ލިވަޕޫލް އަތުންނެވެ
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު