102 ދުވަހަށްފަހު މެލްބަން އިން ލޮކްޑައުން އުވާލަން ނިންމައިފިއެވެ.

މެލްބަން އިން ލޮކްޑައުން އުވާލަން ނިންމާފައި ވަނީ ޖޫން މަހަށްފަހު އެގައުމުން ކޮވިޑްގެ ކޭހެއް ފެނިފައި ނުވާތީއެވެ. އެ ސިޓީގެ އޮފިޝަލުން ވަނީ އެސިޓީ އެއްކޮށް ހުޅުވާލުމަށް ނިންމާފައިވާކަން ވެސް ފާހަގަކޮށްފައެވެ.

މެލްބަންގެ ވިކްޓޯރިއާ ސްޓޭޓް ވެފައި ވަނީ އޮސްޓްރޭލިއާގައި ކޮވިޑްގެ އެންމެ ގިނަ ކޭސްތައް ފެނިފައިވާ ސިޓީކަމުގައެވެ. އެސިޓީގެ ޕްރިމިއާ ޑެނިއަލް އެންޑްރިއުސް ވަނީ އެ ސްޓޭޓްގެ ހަމިލިއަން މީހުން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ބޯލަނބާލައިފައި ވާތީ ޝުކުރު ދަންނަވާފައެވެ.

މެލްބަންއިން ލޮކްޑައުން އުވާލާއިރު ސަރުކާރުން ވަނީ ދެ މަރުހަލާ އަކަށް ބަހާލައިގެން ލުއިތަކެއް ދިނުމަށް ނިންމާފައެވެ. އެގޮތުން މާދަމާއިން ފެށިގެން ސިޓީ އާންމުކޮށް ހުޅުވާލަން ނިންމާފައިވާއިރު އަންނަ މަހުގެ އަށްވަނަ ދުވަހުން ފެށިގެން ބޮޑެތި ލުއިތަކެއް ދިނުމަށް ވަނީ ނިންމާފައެވެ.