ފްރާންސްގެ އުފެއްދުންތައް ބޮއިކޮޓް ކުުރުމަށް ތުރުކީގެ ރައީސް ގޮވާލައްވައިފިއެވެ.
ޓީވީ މެދުވެރިކޮށް ވާހަކަފުޅުދައްކަވަމުން ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ވަނީ ދުނިޔޭގެ ލީޑަރުން އެކަތިގަނޑަކަށް ވެ މުސްލިމުން ހިމާޔަތް ކުރުމަށް ގޮވާލައްވައިފައެވެ. އުރުދުޣާން ވަނީ އިސްލާމް ދީނަށް ފުރައްސާރަކޮށްފައި ވާތީ ތުރުކީ ރައްޔިތުން ފްރާންސްގެ އުފެއްދުންތައް ބޭނުންކުރުން ހުއްޓާލައި ބޮއިކޮޓް ކުރުމަށް ގޮވާލައްވައިފައެވެ.
މެދުއިރުމަތީގެ ގިނަ ގައުމުތަކަކުން ގުޅިގެން ފްރާންސުން އުފައްދާ ޕްރޮޑަކްޓްތައް ބޮއިކޮޓް ކުރުމަށް ގޮވާލާފައިވަނީ ފްރާންސްގެ ރައީސް އެމަނުއެލް މެކަރޮން އިސްލާމް ދީނާ ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ.
މެކަރޮން ވަނީ ފްރާންސްގެ ސްކޫލް ޓީޗަރަކު ކީރިތި ރަސޫލާއަށް ޖޯކު ޖަހައި ކާޓޫން ކުރެހިި މައްސަލަ ހޫނު ވެ، ބަޔަކު އެޓީޗަރު މަރާލުމާ ގުޅިގެން އެގައުމުގައި ތިބި ދީނީ ހަރުކަށި މީހުން ނައްތާލާނެ ކަމުގެ އިންޒާރު ދެއްވައިފައެވެ. އަދި މެކަރޮން ވަނީ އިސްލާމްދީނަކީ ކާރިސާއެއްގައި އޮތް ދީނެއްގެ ގޮތުގައި ސިފަ ކުރައްވައިފައެވެ.
އަރަބި ގައުމުތަކުން ބޮޑު ކެމްޕެއިނެއް ފެއްޓުމާއެކު އެކަމުގެ އަސަރު ފްރާންސްގެ އިގްތިސޯދަށް ކޮށްފައިވާކަމަށް އެގައުމުގެ މީޑިއާތަކުން ވަނީ ބުނެފައެވެ.
ފްރާންސްގެ ފޮރިން އެފެއާޒް މިނިސްޓްރީން ވަނީ އެގައުމުގެ ޕްރޮޑަކްޓްތައް ބޮއިކޮޓް ކުރުމަށް ކުރިޔަށްގެންދާ ކެމްޕެއިން ހުއްޓާލުމަށް އެދި ބަޔާނެއް ނެރެފައެވެ. އެބަޔާނުގައި ވަނީ އެކެމްޕެއިނަކީ އެއްވެސް އަސްލެއް ނެތް ކެމްޕެއިނެއް ކަމަށާއި ފްރާންސް އާއި ދެކޮޅަށް އަންނަ މިކަހަލަ ހުރިހާ ހަމަލާތަކެއް ހުއްޓާލުމަށް ވެސް އެދިފައެވެ.
ފްރާންސް
ފްރާންސް
ފްރާންސް
ފްރާންސް