އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅަައިފިއެވެ.
އަދުރޭ "ވަން" އަށް ވިދާޅުވީ ހަޑިހުތުރު ބަސް ބޭނުން ކުރި މައްސަލައެއްގައި ޕީޖީގެ ފަރާތުން މިއަދު ދައުވާކޮށްފައިވާ ކަމަށެވެ.
އަދުރޭ ވިދާޅުވީ މި މައްސަލައަކީ އިދިކޮޅުގެ އަޑު ކަނޑުވައިލަން މި ސަރުކާރުން ހިންގާ އަމަލެއް ކަމަށާއި އިދިކޮޅުގެ އަޑު ކަނޑުވައިނުލެވޭނެ ކަމަށެވެ.
"އިދިކޮޅު ކޯލިޝަންގެ އެންމެ އިސް ލީޑަރަކީ ރައީސް އަބުދުﷲ ޔާމީން. އެމަނިކުފާނު ހުންނެވީ ޖަލުގައި. އެމަނިކުފާނު ނެތުމުން އަޅުގަނޑު އިސްކޮށް މި ހުންނެވީ. އިދިކޮޅު އަޑުކަނޑުވައިލަން އަޅުގަނޑަށް ދައުވާ ކުރީ،" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ މި ސަރުކާރުން ކިތަންމެ ވަރަކަށް ދައުވާ އުފުލައި ޝަރީއަތް ހިންގި ނަމަވެސް ބިރު ނުގަންނާނެ ކަމަށެވެ. ސަރުކާރާ ދެކޮޅަށް ހައްގު ބަސް ބުނުމުގައި އަބަދުވެސް ދެމިހުންނާނެ ކަމަށާއި އެކަމަށް ފަސް ނުޖެހޭނެ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުންކޮށްފައިވާ ކަމަށް ބުނެ އަބްދުއްރަހީމްގެ މައްޗަށް ދައުވާ އުފުލާފައިވާ އިރު، ރައީސް ޔާމީނަށް ހުކުމް އިއްވި ދުވަހު މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި އަދުރޭ ވަނީ ޔާމީނަށް ހުކުމް އިއްވި ފަނޑިޔާރަށް ނިސްބަތް ކުރައްވާ ބޭއަދަބީ ބަސްތަކެއް ބޭނުންކުރައްވައި އެފަދަ މޭރުމަކުން ވާހަކަދައްކަވައިފައެވެ.
މީގެ އިތުރުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ފުލުހަށް ހާޒިރުކުރި ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ވެސް އަދުރޭ ވަނީ ބޭއަދަބީ ބަހެއް ބޭނުންކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު