ރ. އުނގޫފާރުގައި މިއަދު ނެގި ރެންޑަމް ސާމްޕަލެއް ޕޮޒިޓިވްވެއްޖެއެވެ.
އުނގޫފާރު ކައުންސިލުން ވަނީ މިއަދު އެރަށުގައި ރެންޑަމްކޮށް ނެގި ސާމްޕަލްތަކެއްގެ ތެރެއިން އެއް ސާމްޕަލް ޕޮޒިޓިވްވެފައިވާކަން "ވަން"އަށް ކަށަވަރުކޮށްދީފައެވެ.
ކައުންސިލުން ބުނީ ޕޮޒިޓިވްވެފައިވަނީ އެރަށު މީހެއް ކަމަށާއި އެކަމާ ގުޚޭ އިތުރު ތަފްސީލު މިވަގުތު ލިބިފައިނުވާ ކަމަށެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އުނގޫފާރުން ޕޮޒިޓިވް ކޭސްއެއް ފެނިފައިވާތީ އެރަށް މިވަގުތު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.
ރ. އުނގޫފާރުން މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، އެ އަތޮޅުގައި ހަދަމުންދާ ރިސޯޓެއް ކަމަށްވާ ކުޑަކުރަތުން 63 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު