ލަންކާގެ ގާނޫނު ހަދާ މަޖިލީހުން ކޮވިޑް ކޭހެއް ފެނި ބަންދުކޮށްފިއެވެ.
ސްރީލަންކާގެ ގާނޫނު ހަދާ މަޖިލިސް ބަންދުކޮށްފައިވަނީ އެތަނުގައި މަސައްކަތް ކުރާ ޕޮލިސް އޮފިސަރަކު ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެންނެވެ.
ދެ ދުވަހުގެ މުއްދަތަށް މަޖިލިސް ބަންދުކުރަން ހަމަޖައްސާފައިވާއިރު މިހާރުވަނީ އިމާރާތް ހުސްކޮށް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ފަށާފައި ކަމަށް އެގައުމުގެ މީޑިއާތަކަށް މައުލޫމާތުދެއްވަމުން މަޖިލީހުގެ ސާޖެންޓް އޮފް އާމްސް ވަނީ ވިދާޅުވެފަ އެވެ.
މަޖިލީހުގައި މަސައްކަތްކުރާ މީހަކު ޕޮޒިޓިވް ވުމާއެކު ކޮންޓެކްޓް ޓްރޭސްކޮށް މިހާތަނަށް 22 މުވައްޒަފަކު ޓެސްޓުކޮށްފައި ވެއެވެ.
ލަންކާއިން މިމަހުގެ ކުރީކޮޅު ފެނިފައިވާ ކޮވިޑްގެ ކްލަސްޓާއާ އެކު އެގައުމުގެ ގިނަ ސަރަހައްދުތަކަކުން ވަނީ ކޭސްތައް ފެންނަން ފަށާފައެވެ.
އިއްޔެ އެކަނިވެސް ލަންކާއިން 351 ކޭސް ފެނިފައި ވެއެވެ. އެގައުމުން މިހާތަނަށް ޖުމްލަ 7872 ކޭސް ފެނިފައިވާ ކަމަށް ރެކޯޑްތަކުން ދައްކައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ