ޕޮލެންޑްގެ ރައީސް ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ޕޮލެންޓްގެ ރައީސް އަންޑްޒެޑް ޑޫޑާ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަން އެގައުމުގެ ގައުމީ ޓީވީން ވަނީ އިއުލާންކޮށްފައެވެ.

ކޮވިޑަށް ޕޮޒިޓިވް ވި ނަމަވެސް ރައީސްގެ ހާލުކޮޅު ރަނގަޅުކަމަށް ރިޕޯޓު ކޮށްފައި ވެއެވެ. ނަމަވެސް ރައީސަށް ކޮވިޑް ޖެހުނީ ކިހިނެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

މެދުތެރޭ ޔޫރަޕްގައި ހިމެނޭ ޕޮލެންޑް ވެފައިވަނީ ކޮވިޑްގް ގިނަ ކޭސްތަކެއް ފެނިފައިވާ ގައުމެއްގެ ގޮތުގައެވެ. އެގައުމުން ކޮވިޑް ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވީ ނަމަވެސް ރައްޔިތުން ވަނީ އެގައުމުގެ ކޯޓުން ހުކުމް ކޮށްފައިވާ އެބޯޓް ކުރުން މަނާކުރުމާ ބެހޭ މައްސަލައާ ގުޅިގެން މުޒާހަރާތައް ކުރަން ފަށާފައެވެ. މުޒާހަރާ ތަކުގައި އެތަކެއް ހާސް މީހުން ބައިވެރިވާކަމަށް އެގައުމުގެ ނޫސްތަކުން ބުނެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެތައް ބަޔަކަށް ވަނީ ބަލި ފެތުރިފަ އެވެ.

ޕޮލެންޑުން މިހާތަނަށް ކޮވިޑްގެ 228318 ކޭސް ފެނިފައިވާކަމަށް ރެކޯޑު ކޮށްފައިވާއިރު އެގައުމުން ކޮވިޑް ޖެހިގެން 4172 މީހުން މަރުވެފައި ވެއެވެ.