އިންޑިއާއިން އައިފޯން 12 ގަތުމަށްވުރެން ދުބާއީ އަށް ޓިކެޓް ނަގައިގެން ގޮސް ފޯނު ގަތަސް މާ އަގުހެޔޮކަމަށް ފާހަގަކުރެވިއްޖެއެވެ.
ދުނިޔޭގެ އެކި ގައުމުތަކުން އައިފޯން 12 ގެ ޕްރީއޯޑާ އަށް ހުޅުވާލާފައިވާއިރު ފޯންގަތުމަށް އެތައްބަޔަކު ވަނީ ކެތް މަދުވެފައެވެ. ނަމަވެސް އަގުތައްހުރީ ގިނަ ގައުމުތަކުގައި އަތްފޯރާ ފަށަކު ނޫނެވެ. އިންޑިއާއަކީ އައިފޯނު 12 އަގުބޮޑު ކޮށް ވިއްކާ އެއްގައުމެވެ.
އިންޑިއާގެ ނޫސްތަކުން ވަނީ އިންޑިއާގެ އައިފޯންގެ އަގުބޮޑުކަމުގެ ހަބަރުތައް ޝާއިރު ކުރަން ފަށާފައެވެ. އެގައުމުން އައިފޯން 12 ވިއްކާ އަގުތަކަށް ބަލާއިރު 69،900 ރުޕީސް އިން ފެށިގެން 1،19،900 އާއި ދެމެދު އަގުތަކެއްގައި ހުރިކަން ފާހަގަކޮށްފައިވެއެވެ.
އިންޑިއާއިން އައިފޯން 12 ޕްރޯއެއް ވިއްކާ އަގަކީ 1،19،900 ރުޕީސް އެވެ. އެއީ އެމެރިކާ ޑޮލަރުން ނަމަ 1611.72 ޑޮލަރެވެ.
ރާއްޖެއިން އައިފޯނު 12 ޕްރޯ ވިއްކަން ހުރީ 20،890 ރުފިޔާ އަށެވެ. އެމެރިކާ ޑޮލަރުން ނަމަ 1356 ޑޮލަރެވެ.
އިންޑިއާގައި އައިފޯން 12 ވިއްކާ އަގު 1،19،900 އަށް ހުރި އިރު އެގައުމުން ދުބާއިީ އަށް ފްލައިޓެއްގައި ދެކޮޅު ޓިކެޓް ނަގައިގެން ގޮސް އައިފޯން 12 ގަތުން މާ އަގު ހެޔޮ ކަމަށް އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެ އެވެ.
ދުބާއީ އިން އައިފޯން 12 ޕްރޯ ވިއްކަން ހުރީ 84،000 އިންޑިއަން ރުޕީސް އަށެވެ. އެއީ 1137.68 އެމެރިކާ ޑޮލަރެވެ. އިންޑިއާ ދުބާއީ ދެކޮޅު ޓިކެޓެއްގެ އަގަކީ ގާތްގަނޑަކަށް 18،000 ރުޕީސް އެވެ. ޑޮލަރުން ނަމަ 243.79 ޑޮލަރެވެ. 17،000 ރުޕީސް ބާކީ ވެއެވެ. ޑޮލަރުން ނަމަ 230.25 ޑޮލަރު ސޭވް ވެއެވެ.
އައިފޯން 12 ގަތުމަށް ކެތް މަދުވެފައި ތިބި މީހުން ފޯނު ގަތުމުގެ ކުރިން މިފަދަ ހިސާބުތައް ހަދާލުން އެއީ ގިނަ ފައިދާތަކެއް ފަހުން ލިބިދާނެ ކަމެއް ކަމަށް އިންޑިއާގެ ޓެކްނޮލޮޖީ ބައެއް ސައިޓުތަކުން ވަނީ ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ