ލަންކާގެ ކޮވިޑް ކޭސްތައް އިތުރުވެ އިއްޔެ އެގައުމުން 609 ކޭސް ފެނިފައިވާ ކަމަށް ރިޕޯޓު ކޮށްފިއެވެ.
ލަންކާއިން ކޮވިޑްގެ 6896 ކޭސް މިހާތަނަށް ފެނިފައިވާ އިރު އެގައުމުން އަލަށް ފެންނަ ކޭސްތައް ދަނީ އިތުރުވަމުންނެވެ. ލަންކާއިން މިހާތަނަށް 14 މީހުން ކޮވިޑް ޖެހިގެން މަރުވެފައި ވެއެވެ.
ލަންކާގެ އިންފޮމޭޝަން ޑިޕާޓްމަންޓުން ނެރެފައިވާ ބަޔާނެއްގައި، ކޮލަމްބޯގެ ޕެލިޔަގޮޑާ މަސްމާރުކޭޓުގެ ކްލަސްޓާއިން ގިނަބަޔަކު މިހާތަނަށް ފެނިފައިވާކަން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން ލަންކާގެ ގޯލް ސަރަހައްދުގެ އިތުރުން ބެރުވަލާ ހާބަރުންވެސް ގިނަ ކޭސްތަކެއް ފެނިފައިވާކަން ވަނީ ފާހަގަކޮށްފައެވެ.
ލަންކާގައި ކޮމިއުނިޓީން ކޭހެއް ނުފެނި ގިނަދުވަސްތަކަކަށްފަހު މިމަހުގެ ކުރީކޮޅު އެގައުމުގެ ފެކްޓްރީއަކުން މީހަކު ޕޮޒިޓިވް ވެ އެފެކްޓްރީގެ ކޮންޓެކްޓް ޓްރޭސިންގައި ވެސް ގިނަ ކޭސްތަކެއް ވަނީ ފެނިފައެވެ.
ލަންކާގެ ކޮވިޑް ކޮންޓްރޯލްކުރުމަށް އެގައުމުގެ ގިނަ ސަރަހައްދުތަކެއްގައިވަނީ ކާފިއު އިއުލާންކޮށްފައެވެ.
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ