290 ފަހަރު ސައިބޯނި ބޮތްކެއް ބައުންސް ކޮށްގެން ދުނިޔޭގެ ރެކޯޑުފޮތުން ޖާގަ ހޯދައިފިއެވެ.

ޓައިވާނުގެ ޗަންގް ޔޫ ޓޭ ނަމަކަށް ކިޔާ އެ މީހާ ވަނީ ސައިބޯނި ބޮކި ފަޅައިގެން ދަންދެން އަތްމަތީ ބައުންސް ކޮށްފައެވެ.

ޗަންގް ވަނީ އޭނާ އަށް މިކަންކުރުމަށް މަގުފަހި ވީ އޮންލައިންކޮށް ފެނުނު ވީޑިއޯއަކުން މީގެ ކުރިން މިރެކޯޑު ގާއިމްކޮށްފައިވާ މީހާގެ މަސައްކަތް ފެނިގެންކަމަށް ބުނެފައެވެ. އަދި ފަރިތަކޮށް އެތަކެއް ފަހަރު މަސައްކަތް ކޮށްގެން ކާމިޔާބުވީ ކަމަށް އޭނާ ބުނެފައި ވެއެވެ.

ގީނިސް އިން ވަނީ ޗަންގް ރެކޯޑު ހެދި މަންޒަރު ފެންނަ ވީޑިއޯ ޓުވީޓް ވެސް ކޮށްފައެވެ.