ކޮރެއާގެ ފްލޫ ވެކްސިންއާއި މީހުން މަރުވުމާ ގުޅުމެއް ނެތް ކަމަށް އެގައުމުން ބުނެފިއެވެ.
ދެކުނު ކޮރެއާއިން އިންފްލުއެންޒާ ވެކްސިންގެ ހާއްސަ ޕްރޮގްރާމެއް ފެއްޓި ފަހުން ވެކްސިން ޖެހި 32 މީހުން މަރުވެފައިވުމާއެކު އެތައް ސުވާލުތަކެއް ވަނީ އުފެދިފައެވެ.
ކޮރެއާގެ ސިއްހީ ވުޒާރާއިން ވަނީ ވެކްސިން ޕްރޮގްރާމާއި މަރުތަކާ އެއްވެސް ގުޅުމެއް ނެތްކަން ކަށަވަރު ކޮށްދީ، ވެކްސިން ޕްރޮގްރާމް އަލުން ފެށުމަށް ނިންމާފައިވާކަން އާއްމުކޮށްފައެވެ.
ދެކުނު ކޮރެއާގެ ވެކްސިން ޕްރޮގްރާމްގައި މިހާތަނަށް 13 މިލިއަނަށްވުރެން ގިނަ މީހުންނަށް ވަނީ ވެކްސިން ޖަހާފައެވެ. އެގައުމުގެ ބޮޑުވަޒީރު ޗުންގް ސޭ ކިއުން ވަނީ މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެ މަރުތައް ތަހުގީގު ކުރަން ގޮވާލައްވައިފައެވެ.
ދެކުނު ކޮރެއާގެ ފޮރެންސިކް އެޖެންސީއަކުންވަނީ މަރުތަކާއި ވެކްސިންއާ ގުޅޭ އެއްވެސް ހެއްކެއް މިހާތަނަށް ފެންނަން ނެތްކަން ފާހަގަކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ