އެމެރިކާއިން ޓައިވާނަށް 1.8 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަން އެއްބަސްވެއްޖެއެވެ.
ޓައިވާނާއި ޗައިނާއާ ދެގައުމު ދެމެދު މަޝްރަހު ގޯސްވެފައިވާ ދަނޑިވަޅެއްގައި އެމެރިކާއިން ޓައިވާނަށް ވިއްކަން އެއްބަސްވެފައިވަނީ ތިން ބާވަތެއްގެ ހަތިޔާރެވެ. އޭގެތެރޭގައި ރޮކެޓް ވެސް ހިމެނެއެވެ.
އެމެރިކާގެ ސެކިއުރިޓީ އެޑްވައިޒަރު ރޮބާޓް އޯބްރިއެން ވިދާޅުވީ ޗައިނާއިން ޓައިވާން ހިފައިފާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ނަމަވެސް ޓައިވާނުން އެގައުމުގެ ރައްކަލަށް ތައްޔާރުވާން ޖެހޭނެކަމަށް އޯބްރިއެން ވިދާޅުވި އެވެ.
ޓައިވާނުގެ ޑިފެންސް މިނިސްޓްރީން ވަނީ އެގައުމުން ހަތިޔާރު ގަންނަން ނިންމާފައިވަނީ އަމިއްލަ ސަލާމަތީ ބާރު ވަރުގަދަކުރުމަށް ކަމަށް ވިދާޅުވެފައެވެ.
މީގެ ކުރިން ވެސް އެމެރިކާއިން ވަނި ޓައިވާނަށް ބަރުހަތިޔާރު ވިއްކާފައެވެ. އަދި އެގައުމުން ވަނީ ޓައިވާނަށް އެހެނިހެން ގޮތްގޮތުން ވެސް އެހީތެރިކަން ވެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ