ގައުމުގެ މުސްތަގުބަލު ނިންމުމުގައި ޒުވާނުންގެ ބަސް ހިމަނަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ޒުވާނުންގެ ދުވަހާ ގުޅިގެން ގައުމުގެ ހުރިހާ ޒުވާނުންނަށް ދުވަހުގެ ތަހުނިޔާ އަރިސް ކުރައްވައި ރައީސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގައުމު ހިންގަނީ ޒުވާނުން ކަމަށެވެ.
އެހެންކަމުން އެމީހުންގެ ގާބިލިއްޔަތު ދެއްކުމަށް ފުރުސަތުތައް ފަހިކޮށްދީ ގައުމުގެ މުސްތަގުބަލު ނިންމުމުގައި ޒުވާނުންގެ ބަސް ހޯދުމަކީ އަހަރެމެން އެންމެންގެ ޒިންމާއެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ޒުވާނުންގެ ދުވަސް މީގެ ކުރިން ފާހަގަކުރަމުން އައީ ނޮވެމްބަރު 17ގަ އެވެ. ނަމަވެސް 17 ޑިސެމްބަރުގައި ރައީސް ސޯލިހު ވަނީ އެދުވަސް އޮކްޓޫބަރު 22 ވަނަ ދުވަހު ފާހަގަކުރަން ނިންމަވައިފަ އެވެ.
އޮކްޓޯބަރު 22 ވަނަ ދުވަހަކީ އުމުރުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށް އިންތިހާބުތަކާއި ވޯޓު ދިނުމާއި އިންތިހާބުތަކުގައި ވާދަކުރުމުގެ ހައްގު ލިބުނު ދުވަހެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ޒުވާނުންގެ ދުވަސް ފާހަގަކޮށްފައިވަނީ މާޗް 1، 1992 ގަ އެވެ. އޭގެ ފަހުން ދުނިޔޭގެ ޒުވާނުންގެ ދުވަސް ކަމަށްވާ އޮގަސްޓް 12 ވަނަ ދުވަހު ވެސް ރާއްޖޭގައި ޒުވާނުންގެ ދުވަސް ފާހަގަކޮށްފައިވެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު