އެކި ފަރާތްތަކުން ސަރުކާރަށް ނަގާފައިވާ ގިނަ ލޯނުތައް 2024 ވަނަ އަހަރާ ހަމައަށް ފަސްކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ސަރުކާރުގެ ދަރަންޏާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މުލި މަޖިލީހުގެ ކޮމިޓީގައި މިއަދު ކުރިއަށް ދިޔަ ބައްދަލުވުމުގައި، މެންބަރަކު ކުރެއްވި ސުވާލަކަށް ކޮމެޓީގެ މުގައްރިރުގެ ގޮތުގައި އިންނަވައި ޖަވާބު ދެއްވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ، ސަރުކާރުގެ ކޭޝްފްލޯއަށް ބަލާއިރު ގިނަ ލޯނުތައް 2024 ވަނަ އަހަރާ ހަމައަށް ފަސްކުރަން ޖެހޭ ކަމަށެވެ.
މަޖިލިސް ރައީސް މީގެ ކުރިންވެސް ވަނީ ލޯނުތައް ފަސްކުރަން ޖެހޭ ކަމަށާއި ގިނަ ލޯނުތަކުގެ މުއްދަތުތައް ހުރި ގޮތުން މި ސަރުކާރަށް އޭގެ ދަތިތައް ވަރަށް ބޮޑަށް ކުރިމަތިވާކަން ފާހަގަކުރައްވައި ވާހަކަދައްކަވައިފަ އެވެ. ވަކީން ހާއްސަ ގޮތެއްގައި ޗައިނާގެ ލޯނުތަކުގެ މައްސަލައިގައި އެއީ "ދަންތުރަ" އެއް ކަމަށް ސިފަކުރައްވައި ވަނީ ވާހަކަފުޅު ދައްކަވައިފަ އެވެ.
ރާއްޖޭގެ ދަރަނީގެ ނިސްބަތް ވަރަށް ބޮޑަށް މަތީގައި ހުއްޓައި، ކޮވިޑުގެ ހާލަތާ ގުޅިގެން ވެސް އިތުރު ގިނަ ލޯނުތަކެއް ނަގާން ސަރުކާރަށް ވަނީ މަޖުބޫރު ވެފަ އެވެ.
ދިވެހި ސަރުކާރުން އެކި ގޮތްގޮތުން އެންމެ ގިނަ ލޯނު ނަގާފައިވާ ދެ ގައުމަކީ އިންޑިއާ އާއި ޗައިނާ އެވެ.