އެމެރިކާގެ މެރިޓައިމް ސަވައިލެންސް ފްލައިޓުތަކަށް ހިދުމަތް ދިނުމަށް އެދުމުން އިންޑޮނޭޝިއާއިން އެކަމަށް އިންކާރު ކޮށްފިއެވެ.
އެމެރިކާއިން އެގައުމުގެ މެރިޓައިމް ސަވައިލެންސުގައި ބޭނުންކުރާ ފްލައިޓުތައް އިންޑޮނޭޝިއާގައި މަޑުކޮށް އިންޑޮނޭޝިއާގެ އެއާޕޯޓުތަކުން ހިދުމަތް ހޯދުމަށް އެދި އެމެރިކާގެ މަތީ ފެންވަރުގެ އޮފިޝަލުންތަކެއް ވަނީ ޖުލައި މަހާއި އޮގަސްޓު މަހުގައި އިންޑޮނޭޝިއާގެ ޑިފެންސް މިނިސްޓަރާއި ފޮރިން މިނިސްޓަރުގެ އަރިހަށް ޒިޔާރަތް ކޮށްފައިކަމަށް އެގައުމުގެ ނޫސްތަކުން ރިޕޯޓުކުރެއެވެ.
ނަމަވެސް އެމެރިކާގެ ސްޕައި ފްލައިޓުތައް އެގައުމުގައި މަޑުކުރުމާއި ހިދުމަތް ދިނުމަށް އިންޑޮނޭޝިއާގެ ރައީސް މީގެ ކުރިންވެސް ވަނީ ދެކޮޅުހައްދަވައިފައެވެ.
ދެގައުމުގެ އޮފިޝަލުންވެސް މިމައްސަލައާ މެދު އެއްވެސް ކޮމެންޓެއް ކުރުމަށް ވަނީ ދެކޮޅުހަދައިފައެވެ. ނަމަވެސް އިންޑޮނޭޝިއާގެ ސަރުކާރުގެ މަންދޫބަކު ވަނީ އޭޝިއާ ސަރަހައްދުގައި ޗައިނާ އާއި އެމެރިކާއާ ދެގައުމުގެ ދެމެދުގައި އުފެދެމުންދާ މައްސަލަތަކުގެ ތެރެއަށް އިންޑޮނޭޝިއާ ނުވަންނާނެ ކަމަށް ބުނެފައެވެ. އަދި އިންޑޮނީޝިއާ އަބަދުވެސް އޮންނާނީ ދޭދޭ ގައުމުތަކާ ތަފާތުކުރުން ނުގެންގުޅޭ ސިޔާސަތެއްގެ ތެރޭގައި ކަމަށްވެސް ވަނީ ބުނެފައެވެ.
އެތައް ގައުމަކުން ވަނީ އެގައުމުތަކުގެ މިލިޓަރީ އިންޑޮނޭޝިއާގައި ބޭތިއްބުމަށް އެދިފައެވެ. ނަމަވެސް އެގައުމުން ވަނީ އެހުރިހާ ހުށަހެޅުންތަކަކާ ދެކޮޅު ހަދައިފައެވެ.
އެމެރިކާގެ ސްޕައި ފްލައިޓު ޕީ8 މަރުކާގެ ސަވައިލެންސް ފްލައިޓަކީ ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން ހިންގާ ކަންކަން ބެލުމަށް ހަރަކާތްތެރިވާ ހާއްސަ ފްލައިޓުތަކެކެވެ.
އިންޑޮނޭޝިއާ
އިންޑޮނޭޝިއާ
އިންޑޮނޭޝިއާ
އިންޑޮނޭޝިއާ