އިންޑޮނޭޝިއާގައި ހެލިކޮޕްޓަރެއް ވެއްޓި އަށް މީހުން މަރުވެއްޖެއެވެ.
އިންޑޮނޭޝިއާގެ ބޯނެއޯގައި ހިނގި އެހާދިސާގައި އެހެލިކޮޕްޓަރު ވެއްޓިފައިވަނީ ދަނޑުހައްދާ ސަރަހައްދުގައި ދެ ރުއް ދޭތެރެއިން ދަތުރުކުރަމުން ދަނިކޮށް ކަމަށް ރިޕޯޓުތައް ބުނެއެވެ.
އޮފިޝަލުން ވަނީ އިއްޔެ ހިނގި އެހާދިސާގައި އެހެލިކޮޕްޓަރުން ދަތުރުކުރި އަށް މީހުން މަރުވެފައިވާ ކަމަށް ބުނެފައެވެ.
އެއާބަސް އެޗް130 މަރުކާގެ އެހެލިކޮޕްޓަރު އިންޑޮނޭޝިއާގެ ހުޅަނގު ކަލިމަންޓަން ޕްރޮވިންސުން ފުރިތާ ފަސް ވަރަކަށް މިނެޓު ތެރޭ ގެއްލުނު ކަމަށާއި އެވަގުތު އެހެލިކޮޕްޓަރު ވެއްޓިފައިވާކަމުގެ މައުލޫމާތާއެކު ރެސްކިއު ޓީމުތަކުން އެސަރަހައްދުގައި ހަރަކާތްތެރިވާން ފެށިކަމަށް އޮފިޝަލުން ބުނެއެވެ.
ދެ ކުރޫއިންނާއި ހަ ފަސިންޖަރުން ދަތުރުކުރި އެހެލިކޮޕްޓަރު ވެއްޓުނު ސަރަހައްދުން އެންމެންގެ ހަށިތައް ހޯދައިފައިވާ ކަަމަށާއި އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ބެލުމަށް ތަހުގީގު ފަށާފައިވާ ކަމަށް ވެސް އޮފިޝަލުން ބުނެއެވެ.
މުހައްމަދު އައުޒަމް
ރިޕޯޓް
ކާބޯތަކެތި
އެމެރިކާ
ބޮލީވުޑް