މިދިޔަ އާދިއްތަ ދުވަހުގެ ރޭ އައްޑޫ ސިޓީ ހިތަދޫގައި ދެ ގުރޫޕެއްގެ ދެމެދު ހިންގި މާރާމާރީގެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ހައްޔަރުކުރީ އިއްޔެ އެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އެ މީހާއަށް ހަމަލާދީ ޒަހަމްކޮށްލާފައިވަނީ ހިތަދޫގެ ދެ ގްރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގަ އެވެ. އަދި އެ މާރާމާރީގައި އެ މީހާގެ އަތުގެ ދެ އިނގިއްޔެއްގެ އިތުރުން ހަށިގަނޑުގެ ގިނަ ތަންތަނަށް ހަމަލާދީފައިވެ އެވެ.
އެ ޒުވާނާއަށް ލިބިފައިވާ ޒަހަމްތަކުގެ ފޮޓޯތަކެއް "ވަން" އަށް ލިބިފައިވާއިރު އެ ފޮޓޯތަކުން އެމީހާގެ ބަނޑާއި ކޮނޑު ކައިރިއަށް ހަމަލާދިނުމުން ފުން ޒަހަމްތަކެއް ލިބިފައިވާތަން ފެނެ އެވެ. އޭނާއަށް ފަރުވާދެމުން އަންނަ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން އިއްޔެ ބުނީ، ޒަހަމްވި ޒުވާނާއަށް އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު