ހަނދުގައި 4ޖީ ހިދުމަތް ގާއިމްކުރުމަށް ނޮކިއާއާ ހަވާލުކޮށްފިއެވެ.

ނާސާއިން ހަނދުގައި 4ޖީގެ ހިދުމަތް ގާއިމުކުރުމަށް ބޭނުންވާ ފަރާތްތަކަށް ހުޅުވާލުމުން އެބިޑް ކާމިޔާބު ކޮށްފައިވަނީ ނޮކިއާ އިންނެވެ.

14.1 މިލިއަން ޑޮލަރުގެ މިމަޝްރޫއުގައި ނޮކިއާ އިން ހަނދުގައި 4ޖީގެ ހިދުމަތް ގާއިމްކުރުމުން ނާސާ އިން ހަނދުގައި ހިންގާ ޕްރޮޖެކްޓްތަކަށް އިތުރު ފުރިހަމަ ކަމެއް ލިބި ކޮލިޓީ ފޮޓޯ އާއި ވީޑިއޯ ވަގުތުން ލިބޭ ގޮތް މެދުވެރިވާނެ ކަމަށް ނާސާއިން ބުނެފައި ވެއެވެ.

ނާސާއިން ވަނީ ހަނދުގައި ގާއިމްކުރާ 4ޖީ ހިދުމަތް ގާއިމްކުރުމަށް ހާއްސަ އާލާތްތަކެއް ތައްޔާރުކުރުމަށް ހަމަޖެހިފައިވާ ކަމަށް ބުނެފައެވެ. އެގޮތުން ތަފާތު ފިނިހޫނުމިނުގެ އިތުރުން ރޭޑިއޭޝަން އާއި ޖައްވުގެ ޕްރެޝަރާ ގުޅޭ ގޮތަށް މި އާލާތްތައް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ނާސާއިން ބުނެފައި ވެއެވެ.

ނާސާގެ މިމަޝްރޫއަކީ އެކުންފުނިން ޖައްވުގައި ހިންގާ ހަރަކާތްތައް ކުރިއެރުވުމަށް ފަށާފައިވާ 370 މިލިއަން ޑޮލަރުގެ ތެރެއިން ހިންގާ މަޝްރޫއު އެކެވެ.