ހަނދުގެ ދުރުފަޅިން ނެގި ފުރަތަމަ ފޮޓޯ ދައްކާލައިފިއެވެ.

ނާސާއިން ހަނދަށް އިންސާނުން ފޮނުވުމަށް ފަށާފައިވާ މިޝަންގައި ބޭނުންކުރާ އާޓެމިސް-2 ގެ އުޅަނދު ހަނދުގެ ދުރު ފަރާތަށް ދަތުރުކޮށްފައިވާއިރު އެ އުޅަނދުން ދަތުރުކުރާ އެސްޓްރަނައުޓުން ވަނީ ތަފާތު މަންޒަރުތަކެއް ދުނިޔެއަށް ފޮނުވައިފައެވެ.

ނާސާއިން އާންމުކޮށްފައިވާ ހަނދުގެ ދުރުފަޅީގެ ފޮޓޯތަކަކީ މިހާތަނަށް ހަނދުގެ ދުރުފަޅިން ނަގާފައިވާ ފުރަތަމަ ފޮޓޯތަކެކެވެ.

އިންސާނުންނަށް މިހާތަނަށް ޖައްވުގައި ދެވުނު އެންމެ ދުރަށް އާޓެމިސް-2ގެ ކުރޫއިން ދަތުރުކޮށްފައިވާއިރު ނާސާއިން ވަނީ އެ އުޅަނދު މިހާރު މިސްރާބު ޖަހާފައިވަނީ އެނބުރި ދުނިޔެއަށް އައުމަށް ކަމަށް ބުނެފައެވެ.

50 އަަހަރު ފަހުން ހަނދަށް އިންސާނުން ފޮނުވުމަށް ފަށާފައިވާ ދަތުރުގެ ދިގުމިނުގައި ޖުމުލަ 10 ދުވަސް ހޭދަ ވާނެ ކަމަށް ނާސާއިން ބުނެއެވެ.

ދަ އާޓެމިސް 2 ނަމުން ނަންދީފައިވާ އެ މިޝަންގައި ހަތަރު އެސްޓްރަނައުޓުން ބައިވެރިވެއެވެ. އެ ހަތަރު އެސްޓްރަނައުޓުން ދުނިޔެއާ 244،000 މޭލު ދުރަށް އަދި ހަނދުގެ ދުރުފަޅިއަށް ވުރެ 5000 މޭލު ދުރަށް ދަތުރުކުރުމަށްފަހު އެނބުރި އައުމަށް މިހާރު ވަނީ ދަތުރު ފަށައިފައެވެ.