ހަނދުގެ ދުރުފަޅިޔަށް ދަތުރުކުރި އެސްޓްރަނޯޓުން އެނބުރި ދުނިޔެއަށް އަތުވެއްޖެއެވެ.
10 ދުވަހުގެ މިޝަނަކަށް ފުރި ނާސާގެ އާޓެމިސް 2 މިޝަންގައި ބައިވެރިވާ ހަތަރު އެސްޓްރަނޯޓުން އެނބުރި ދުނިޔެއަށް އައީ އެމީހުން ދަތުރުކުރި ޖައްވީ އުޅަނދުގައި ހަރުކޮށްފައިވާ ކެޕްސޫލްގައެވެ.
އެސްޓްރަނައުޓުން ދަތުރުކުރި ކެޕްސޫލް އިއްޔެގެ އިރާކޮޅުގެ ވަގުތެއްގައި ޕެސިފިކް ކަނޑަށް ވެއްޓިފައިވާއިރު ނާސާގެ އޮފިޝަލުން ވަނީ އެމީހުން އެނބުރި ދުނިޔެއަށް ގެނައުމަށް ކުރިޔަށް ގެންދިޔަ މިޝަން ވަރަށް ކާމިޔާބު ކަމަށް ބުނެފައެވެ.
ދުނިޔޭގެ އޯބިޓަށް ކެޕްސޫލު ވަނުމަށްފަހު އެޓަމޮސްފިޔާގެ އެންމެ މަތީ ފަށަލަ ފޫއަޅުވާލުމަށްފަހު ގަޑިޔަކު 24،000 މޭލުގެ ބާރުމިނުގައި ޕެސިފިކް ކަނޑަށް އެސްޓަރަނޯޓުން ތިބި ކެޕްސޫލު ވެއްޓިފައިވާއިރު އޭގެ ބާރުމިން ދަށް ކުރުމަށް ވައި ކުޑަ ބޭނުންކޮށްފައިވެއެވެ.
ނާސާއިން ވަނީ އާޓެމިސް ޕްރޮގްރާމަކީ އިންސާނުން ހަނދަށް ފޮނުވައި ހަނދުގައި އިންސާނުން ދިރިއުޅެވޭނެ ތަނެއް ހެދުމުގެ މަގުސަދުގައި ކުރިޔަށް ދާ ޕްރޮގްރާމެއްކަމަށް ބުނެފައެވެ.
މުހައްމަދު އައުޒަމް
ސައިންސް
ސައިންސް
ސައިންސް
ސައިންސް